އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު
ހަބަރު
30 Apr 2025 | 19:04
ތުއްތު ކުއްޖަކު ސުކޫލުން ނިިކުމެގެން ދިޔަ ހާދިސާއެއް، އިހުމާލެއް އޮތްތޯ ބަލަނީ

ތުއްތު ކުއްޖަކު ސުކޫލުން ނިިކުމެގެން ދިޔަ ހާދިސާއެއް ހިނގައިފި އެވެ.

އެކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ ހުޅުމާލޭގައި ސްކޫލެއްގައި ކީ-ސްޓޭޖް 1ގެ ދަރިވަރަކު ސްކޫލު ގަޑީގައި، މުދައްރިސުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދުވެފައި ސްކޫލު ނެއިބާހުޑުގެ ތެރެއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އަދި މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓުމެންޓުތަކުގެ ސަމާލުކަމަށް މިކަން އައިސް އޭނާއަށް ރިޕޯޓު ކުރީ މިއަދު 3:11 ގައި ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީ އާއި ސްކޫލުން ކުރި މަސައްކަތުން 3:31ގައި ދަރިވަރު ހޯދާފައިވާ ކަމަށާ ކުއްޖާއަށް އެއްވެސް ގެއްލުމުއް ލިބިފައިނެތް ކަމަށެވެ.

ޝަފީއު ވިދާޅުވީ އޭނާ އެކަން ހާމަކުރެއްވީ ދެ ބޭނުމެއްގައި ކަމަށެވެ. އެއް ކަމަކީ މިފަދަ ކަމެއް ހިނގުމުން އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން ކަމަށް ވިދާޅުވި އެވެ. އަދި ހާދިސާ ހިނގި ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލާފައިވާ ނުވަތަ ފާރަވެރިއަކު ހުންނަން ޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީއިރު ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދިނުން ކަމަށެވެ.

މި ހާދިސާ ހިނގި ސުކޫލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް
ޙަނާ
މިރާއްޖޭގައި އެންމެ ބޮޑަށް ފެއިލް ވެފައި އޮތް އެއް މުޢައްސަސާ. ދެން ޖަހާލާ ޓީޗަރެއްގެ ބޮލަށް. ކުޑަ ކުޑަ 20-30 ކުދިން އެއް ކުލާހަށް ލައިގެން ކިޔަވަދެނީ އޭ ކިޔައިގެން ހިންގާ ބޮޑު ޖަރީމާއެއް.
30 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.