ހުޅުމާލޭގެ އެންމެ ދުވަސްވީ އިމާރާތް: މަސްޖިދުލް އަމާނީ

13 May 2019 | 16:01

ހުޅުމާލެއަށް ފަނަރަ އަހަރު ފުރިފައިވާއިރު، އެރަށަކީ ރާއްޖޭގެ ތަރައްގީއަށް އެކި ސަރުކާރުތަކުން ކުރި މަސައްކަތްތައް ދައްކުވައިދޭ ދާރުލްއާސާރެކޭވެސް ބުނެވިދާނެއެވެ. ހަަމަ ގައިމުވެސް ހުޅުމާލޭގެ ތަރައްގީގެ ކްރެޑިޓް ވަކި ސަރުކާރަށް ދޭނަމަ، އެ ކްެރެޑިޓް ހައްގުވެގެންވާ އެންމެ މުހިންމު ސަރުކާރަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރެވެ. ހުޅުމާލޭ ހިއްކުމުގެ މަސައްކަތް ރާވައި ފެށުނީ އެމަނިކުފާނުގެ ސަރުކާރުގައެވެ.

ހުޅުމާލޭ ހިއްކުމާއި އެކު، އެރަށުގައި އެންމެ ފުރަތަމަ އެޅުނު އިމާރާތަކީ މިސްކިތެކެވެ. އެ މިސްކިތަކީ މިއަދުވެސް ހުޅުމާލޭގައި ހުރި އެންމެ ދުވަސްވީ އިމާރާތެވެ. ހުޅުމާލޭގެ ފުރަތަަަމަ ރަށްވެހީންގެ ރަން ހަނދާންތަކާއި ގުުުޅުވާލެވިފައިވާ ބިނާއެކެވެ.

މިއީ ހުޅުމާލޭގައި މީހުން ރަށްވެހި ވުމުގެ ހަ އަހަރު ކުރިން އަޅާފައިވާ މިސްކިތެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން މި މިސްކިތަށް މިއަހަރު 21 އަހަރު ވާނެއެވެ.

މަސްޖިދް އަމާނީ އެތެރެ

މަސްޖިދުލް އަމާނީ އަކީ ހުޅުމާލޭގައި ގާއިމްކުރެވުނު ފުރަތަމަ ދާއިމީ އިމާރާތެވެ.1997ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 13ވަނަ ދުވަހު ބިންގާ އެޅުނު މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

މި މިސްކިތް ހުުޅުވުނީ ޖެހިގެން އައި އަހަރުގެ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހުގައެވެ. މި މިސްކިތަކީ އޭރު ހުޅުމާލޭގެ މަސައްކަތުގައި އުޅުނު މީހުން ބޭނުންކުރަން ހެދި މިސްކިތެކެވެ. 

ފަހުން ހުޅުމާލޭ ބޮޑު މިސްކިތް އެޅެންދެން، ހުޅުމާާލޭގެ ފުރަތަމަ ރަށްވެހިންވެސް ބޭނުންކުރީ މި މިސްކިތެވެ.

އެޗްޑީސީ ކޮށީގައި ހުރި މި މިސްކިތަކީ މިއަދުވެސް ނަމާދުކުރެވެމުންދާ މިސްކިތެކެވެ. ހުޅުމާލޭގެ ފުރަތަމަ ބިނާގެ ޝަރަފުވެރިކަމުގައި އެ މިސްކިތް އަދިވެސް އެބަހުއްޓެވެ. ނަމަވެސް އެ މިސްކިތުގެ ވާހަކަ އެނގެނީ ކިތައް ފަރާތަށް ބާވައެވެ؟

Advertisement

ކޮމެންޓް