ކެޕިޓަލް މާކެޓާ ގުޅޭ ގްރެފިކްސްއެއް.. ފޮޓޯ:އިންޓަރނެޓް
ހަބަރު
01 May 2025 | 13:37
ހުއްދައާއި ރަޖިސްޓްރީ ނެތި އިންވެސްޓްމެންޓްތައް ހިންގާ މީހުންނަށް ސަމާލުވާން ސީއެމްޑީއޭއިން އެދިއްޖެ

ސައްޙަ ހުއްދައާއި ރަޖިސްޓްރީ ނެތި އިންވެސްޓްމެންޓްތައް ހިންގާ ފަރަތްތަކަށް ސަމާލުވުމަށް ކެޕިޓަލް މާކެޓު ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭއިން އިން ނެރުނު އިއުލާނެއްގައި ބުނީ ކަމާ ބެހޭ ގަވައިދުތަކުގެ ހުއްދައާ ނުލައި މާލީ މުދަލާއި ޚިދުމަތްތައް ވިއްކާ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެފަދަ ކަންކަން ހިންގޭނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ހުއްދައާއެކުގައެވެ. އެހެންކަމުން، މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް، އެފަދަ ސްކީމްތަކުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތަކާމެދު ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިންވެސްޓު ކުރުމަށް ނިންމުމުގެ ކުރިން، އިންވެސްޓް ކުރުމަށް ދައުވަތުދޭ ފަރާތަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ހުއްދައާއި ރަޖިސްޓްރީ ނުލިބި ފައިސާ އިންވެސްޓުކޮށްގެން ފައިސާ ލިބޭނެ ކަމަށް ދައްކައިގެން އިންވެސްޓްމެންޓްތައް ހިންގާ ފަރާތްތައް ރިޕޯޓުކުރުމަށް ވެސް ސީއެމްޑީއިން ވަނީ އެދިފައެވެ.

ސީއެމްޑީއޭގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނަން ހުންނައިރު، އެ އޮތޯރިޓީގެ ނަންބަރު 3336619 ފޯނާ ގުޅުއްވައިގެން އޮޅުންފިލުވޭނޭކަމަށް ސީއެމްޑީއޭއިން ބުނެއެވެ. އެ އޮތޯރިޓީން ވަނީ ހުއްދަ ނެތި މި ފަދަ ސްކީމްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ނުވަތަ ޝަކުވާ ހުށަހެޅުމަށް މެއިލް ކުރުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.