ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 May 2025 | 14:33
ސިޔާސީ ފިކުރަށް ބަލައިގެން، މީހުން ވަޒީފާއިން ވަކި ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޢަމަލެއް: ފައިސަލް ނަސީމް

ސިޔާސީ ފިކުރަށް ބަލައިގެން، މީހުން ވަޒީފާއިން ވަކި ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޢަމަލެއްކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ފިކުރަށް ބަލައިގެން، މީހުން ވަޒީފާއިން ވަކިކުރުމަކީ، ޑިމޮކްރަސީއާ ބީރައްޓެހި އަމަލެއް ކަމަށާއި އަދި އެ ނިގުޅައިގަނެވެނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށެވެ. ވަކި ޕާޓީއެއްގެ މެމްބަރަކަށް ވީތީ ވަޒީފާއިން ވަކިކުރުން ބަލައެއް ނުގަނެވޭނެ ކަން ފާހަގަކުރައްވާ ފައިސަލް ނަސީމް ވިދާޅުވީ، ކޮންމެ މުވައްޒަފަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އުޖޫރައަކާއި ރައްކާތެރި މަސައްކަތު މާހައުލަކާއި ހިޔާލުފާޅުކުރުމުގެ ޙައްޤު ކަށަވަރުވާންޖެހޭނެ ކަމަށެވެ.

މި ޕޯސްޓަކީ، އައްޑޫ ހިތަދޫގައި އިދިކޮޅު އެމްޑީޕީން ބޭއްވި ހަރަކާތުގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ތުހުމަތުކުރުމާ ގުޅިގެން ފައިސަލް ނަސީމް ކުރި ޕޯސްޓެކެވެ. މިކަމާ ގުޅިގެން، އެމްޑީޕީގެ އިސްވެރިން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް
ބަޗީ
ސިޔާސީވެ އިދިކޮޅުން ބޭނުންވާ ގޮތަށް ކަންކުރާނަމަ ވަކިކުރަންޖެހޭނެ.
02 May 2025
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.