އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ހަބަރު
01 May 2025 | 17:51
ޝަހީމް އަދާލަތާ ގުޅުން: ފޮރުވިފައިވާ އެޖެންޑާއެއް ނެތް، އޮތީ ފުރިހަމަ ޝާމިލް ތަސައްވުރެެެއް

އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަނީ ފުރިހަމަ ޝާމިލް ތަސައްވުރަކާއެކު ކަމަށް އިސްލާމިކް މިނިސްޓަރު އަދި އެ ޕާޓީގެ އެއް މުއައްސިސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް އިއްޔެ ވަނީ އަދާލަތު ޕާޓިއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އަދާލަތު ޕާޓީގެ މުއައްސިސުންނާއި ދާއިރާތަކުގެ ރައީސުންނާއި އާންމު މެންބަރުން މިއަދު ވަނީ އެމަނިކުފާނުގެ ތަސައްވުރު ހިއްސާ ކުރައްވާފަ އެވެ.

ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވަނީ ފުރިހަމަ ޝާމިލް ތަސައްވުރަކާ އެކު ކަމަށެވެ.

"...އިންޝާ ﷲ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާނަން. މެންބަރުން ޕާޓީގެ ރައީސްކަމަށް އަޅުގަނޑު އިންތިހަބު ކޮށްފި ނަމަ ޕާޓީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާނަން. އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ ޕާޓީގެ ސަފުތައް އަލުން އިއާދަކުރުން. ޕާޓީގެ އެއްބައިވަންތަކަން ގާއިމު ކުރުން. ޕާޓީ އުފެއްދުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި އިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުން,"

ދެވަނަ އަށް އިސްކަންދޭނެ ކަމަކީ އޭޕީ ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި މެންބަރުން ޝާމިލުވާނެހެން ޕާޓީގެ ފަންޑެއް ގާއިމުކޮށް ޕާޓީގެ އަމިއްލަ ފުދުންތެރިކަން ގާއިމުކުރަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ. މީގެ މަގުސަދަކީ، މެމްބަރުން ބިނާކުރުމާއި މެންބަރުން އިތުރު ކުރުމާއި މެމްބަރުންނަށް ޒަމާނީ މަތީ ތައުލީމު ދިނުމާއި ހާއްސަ ހާލަތްތަކުގައި އެހީވުމާއި އިންތިހާބުތަކުގައި ހަރަދަށް ބޭނުންވާ ފައިސާ ހަލާލުގޮތުގައި ހޯދުން ކަމަށް ވިދާޅުވި އެވެ.

އަދި މިފަންޑު ފުޅާ ކުރުމަށް އިންވެސްޓްކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މިފަންޑު ބަލަހައްޓަން މެންބަރުންގެ ތެރެއިން ބޯޑް އޮފް ޓްރަސްޓީސް އެއް އުފައްދާނެ ކަމަށާ ފަންޑުގެ ސީއީއޯ އަކަށް ލާނީ އިސްލާމީ އިގްތިސާދު ކިޔަވައިފައި ހުރި ތަޖުރިބާކާރު ޕާޓީގެ މެންބަރެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަންޑު ގާއިމުކުރާނީ މެންބަރުންގެ ކޮންޓްރިބިއުޝަނާއި ފަހުން އަދާކުރާގޮތައް އިސްލާމީ އުސޫލުން ހޯދާ ލޯނުން ކަމަށެވެ.

މީގެ އިތުރުން އިލްމުވެރިންގެ މަޖްލިސްގެ ދައުރު ފުޅާކޮށް އަދާލަތު އެކަމަކަށްޓަކައި ގާއިމުވި އަސާސްތައް ރާއްޖޭގައި ދަމަހައްޓަން އިސްލާމީ ރިސާލަތު ނަގަހައްޓައި ފެތުރުން ވަރުގަދަ ކޮށް ފުޅާ ކުރައްވާނެ ކަމަށެވެ.

އިސްލާމީ މަކާރިމުލްއަހްލާގުގެ އިމުގެ ތެރެއިން ޒުވާނުންނާއި އަންހެނުންގެ ދައުރު ޕާޓީގައި ފުޅާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އަވަށްޓެރި ގައުމުތަކާ ރަނގަޅު ގުޅުމެއް ގާއިމުކުރައްވާ ފަލަސްތީނުގެ މައްސަލައަށް ޕާޓީގެ ހާއްސަ މަންދޫބެއް އައްޔަން ކުރައްވާނެ ކަމަށެވެ.

"..އަދި އިސްލާމީ ދުނިޔެއާ ގުޅުންތައް ބަދަހި ކޮށް އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ހަރުދަނާ ޕާޓީއަކަށް އަދާލަތު ޕާޓީ ހަދާނަން. އިންތިހާބުތަކުގައި ވަކި މީހަކަށް ތާއިދުކުރުމަށް ޕާޓީއަށް މަޖްބޫރެއް ނުކުރާނަން. ޕާޓީގެ ކަންކަން ނިންމާނީ ދިމުގްރާތީ އުސޫލުން މަޝްވަރާގެ ތެރެއިން. ހިޔާލުތަފާތުވުމަށް ޖާގަ ދޭނަން. އަޅުގަނޑުގެ ދައުރު ނިމޭ އިރު ޕާޓީގެ ޒައާމަތަށް އަންނާނެ މީހުން ތައްޔާރުކުރާނަން. ޕާޓީގެ ދާއިމީ މަރުކަޒީ އޮފީހެއް ގާއިމުކުރާނަން. މި ނޫންވެސް މުހިންމު ގިނަކަންކަން ޕާޓީ ކުރިއަރުވަން ކުރާނަން," މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.