މޫސާ މަނިކު -- ފޮޓޯ: އެޓޯލް
ހަބަރު
01 May 2025 | 23:49
މޫސަގެ ފާޑުކިޔުން އެމްޑީޕީގެ ވެރީންނަށް، ފެނުނީ އިދިކޮޅުގެ ޒިންމާ އަދާ ނުކުރެވުނުތަން

މި އަހަރުގެ މޭޑޭ ގައި ފެނުނީ އެމްޑީޕީއަށް އިދިކޮޅު ޕާޓީއެއްގެ ފުރިހަމަ ޒިންމާ  އަދާނުކުރެވުނު ތަން ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އެ ޕާޓީގެ މިހާރުގެ ވެރީންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެކްސްގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި މޫސަ ވަނީ އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ނުސީދާކޮށް ބަހުގެ ހަމަލާ ދެއްވާފަ އެވެ.

ވިދާޅުވީ އެމްޑީޕީގެ ވެރީންނަށް އޮތީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް ރިޔާސީ އިންތިހާބަށް ތައްޔާރުވޭ ހީވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށެވެ. މޫސަ މިހެން ވިދާޅުވިއިރު ފައްޔާޒާއި ޝާހިދު އުޅުއްވަނީ ޕާޓީގެ ރަސްމީ ދަތުރެއްގައި އަތޮޅުތެރޭގަ އެވެ.

މޫސަ ވިދާޅުވީ އެމްޑީޕިގެ ރޫހު ނެތި އެއްވެސް އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ ކަމަށެެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީން މޭޑޭ ރެލީ ބާއްވަމުން ދިޔަ ނަމަވެސް މި އަހަރާ ހަމައަށް އަައިއިރު އެމްޑީޕީން އެއްވެެސް ކަމެއް ކުރާތަން ނުފެންނަ ކަމަށެވެ.

“ހިތާމައާއެކީ ދަންނަވަން ޖެހެނީ 2025 ވަަނަ އަހަރާ ހަމައަށް އެމްޑީޕީ އަައިއިރުގަ އެމްޑީޕީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓި އަދި ހާއްސަކޮށް މޭޑޭ ރެލީއާ ހަމައަށް އައިއިރު މޭޑޭ ރެލީގެ އެއްވެސް ކަމެއް ކުރާތަން ނުފެނި މިދަނީ،” 

މޫސަ ވިދާޅުވީ މިހާތަނަށަ އެމްޑީޕީއަށް ނާކާމިޔާބު ވެފައި ވަނީ އާންމު މެންބަރުންގެ ބައިވެރިވުން ނެތި ކަންކަން ކުރުމުން ކަމަށެވެ.

އެހެން ކަމުން އެމްޑީޕީ އަސްލު ރޫހަށް އަންނަން ޖެހޭ ކަމަށް ވިދާޅުވުމަށެވެ. އެކަމަށްޓަކާ މިހާރު ޕާޓީގެ ވެރީން ބަދަލު ކުރަން ޖެހޭނަމަ ބަދަލުކޮށްގެން ނަމަވެސް އެ ރޫހު ގެނެސް އެމްޑީޕީ ވަރުގަދަ ކަމާއެކު ތެދުވާން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.