ރައީސް އަބްދުﷲ ޝާހިދު -- ފައިލް ފޮޓޯ
ހަބަރު
02 May 2025 | 22:07
އެމްޑީޕީން ޒުވާނުންގެ މުޒާހަރާގައި ބައިވެރިވާނަން: އެމްޑީޕީގެ ރައީސް

އެމްޑީޕީން ޒުވާނުންގެ މުޒާހަރާގައި ބައިވެރިވާނެ ކަމަށާ މުޒާހަރާ ކުރާ ޒުވާނުންނާއި އެމްޑީޕީން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީޙުގެ މިރޭގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ. ކުރީގެ ފޮރިން މިނިސްޓަރު އަދި ސިޔާސީ މައިދާނުގައި މިވަގުތު ހުންނެވި އެންމެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި ގޮތުގައި ހައްގުތައް ކަށަވަރު ކޮށްދީފައިވާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި އެމްޑީޕީން ވަނީ ބޮޑު ގުރުބާނީއެއް ވެފަ އެވެ.

އަދި އެމްޑީޕީ އަކީ އަބަދުވެސް އެ ހައްގުތައް ދިފާއު ކުރުމަށް މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް ވިދާޅުވި އެވެ. އަސާސީ ހައްގުތައް ހިފަހައްޓާ ފޭރިގަތުމަށް އަދި ހުދުމުހުތާރު ވެރިކަމެއް ހިންގުމަށް ފުރުސަތު ދީގެން އެމްޑީޕީ ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން ގާއިމު ކުރުމަށް ގޮވާލާ ޒުވާނުން މިހާރު ކުރަމުންދާ މުޒާހަރާއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ޝާހިދު ވިދާޅުވީ އެމްޑީޕީން އެ ޒުވާނުންނާއި ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެެރެއިން ޒުވާނުން ނިކުންނާނެ. ރައްޔިތުންގެ ތެރެއިން ނިކުންނަ ޒުވާނުންނާ އަޅުގަނޑުމެން ބައިވެރިވާނަން. އަޅުގަނޑުމެން މި ދައްކަނީ އެއް ވާހަކަ އެއް,"

ޝާހިދު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ ހިތަކީ އަސާސީ ހައްގުތަކާ ބެހޭ ޗެޕްޓަރެވެ. އެ ޗެޕްޓަރުގައި ހިމެނޭ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ބަޔާން ކޮށްފައި ވަނީ އެ ހައްގުތަކާ ހިތުހުރި ގޮތަކަށް ކުޅުމުގެ ފުުރުސަތު ނުދިނުމަށް ވިދާޅުވި އެވެ.

ދިވެހި ޒުވާނުން މިއަދު އެ ޗެޕްޓަރުގެ ދިފާއުގައި ނިކުތުމުން އާދަޔާހިލާފު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާ އެ ޗެޕްޓަރު ޤާނޫނު އަސާސީގައި ލިޔުނު ދުވަސްވަރު އުފަންވެސް ނުވާ ކުދީންނާއި އޭރު ކުޑަކުދީން ގޮތުގައި ތިބި މީހުން މިއަދު އެ ހައްގުތައް ކަށަވަރު ކުރުމަށް ނިކުތުމަކީ އެ މަސައްކަތުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ލިބޭ ހިތްވަރެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މިހާރުގެ ވެރީންނާއި މި ސަރުކާރު ނިސްބަތްވާ ޕާޓީތަކުން މުޒާހަރާ ކޮށްފައިވާ ކަމަށެވެ. އޭރު ކޮންމެ ރެއަކުހެން އެމަނިކުފާނު ދިރިއުޅުއްވޭ ގެކޮޅު ކައިރީގައި މުޒާހަރާ ކުރާ ކަމަށާ އެއީ އެކި އުމުރުގެ މީހުން ދިިރިއުޅެމުން ދިޔަ ގެއެއް ކަން ޝާހިދު ފާހަގަ ކުރެއްވި އެވެ. އަދި ކުރިމަތީ މިސްކިތެއް ހުންނައިރު ކައިރީގައި ހޮސްޕިޓަލެއް ހުރިކަން ވެސް ފާހަގަ ކުރެއްވި އެވެ.

އޭރު ކިތަންމެ ދަތިވީނަމަވެސް މުޒާހަރާ ކުރުމުގެ ހައްގު ދިން ކަމަށް ވިދާޅުވި އެވެ.

"ވެރިކަން ލިބިވަޑައިގަތީމާ ހަނދާން ނެތޭލެއް މާ އަވަހީ. ގަބޫލުފުޅުކުރައްވަން ޖެހޭނެ ރައީސް މުއިއްޒު ވެސް އަބަދަކު ވެރިކަމުގައި ބަގުނޑި ބައްދައިގެނެއް ބިރުދައްކައިގެނެއް ނުހުންނެވޭނެ, ނޯންނެވޭނެ. ރާއްޖޭގައި މާ ސާފުކޮށް ފެނިފައި އޮތް ކަމެއް މިއީ," ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް
އަހުދުނާމާ
ދޮގު ނުހައްދަވާ އޭރު ނުދޭ މުޒާހަރާ ކުރާކައް ޗާންސެއް. 3 އަންހެނުން ނުކުތަސް ސިފައިން ފޮނުވައިގެން ރޫޅާލަނީ
03 May 2025
ހަމްރާ
ސުއްބޫހުން އަހަރެމެން ބިރުން ތުރުތުރުއަޅާއެބަ
03 May 2025
ދޮންދުބުރިމާ
މިހެން ބުނާ މީހާ އޮންނާނީ ފިލާ ހަނާވާނީ ނިކަމެތި ޒުވާނާ ހުރެގެން ގޭނޭނީ ހުރިހާ ފޮންޏެއް ބޯލާނީ މިމީހުން އެވާހަކަ ބުނެލީ ވަރަށް ސަލާމް
03 May 2025
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.