ރައީސް ޑރ.މުއިއްޒު.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 May 2025 | 10:06
އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ނިންމުނު ނިންމުމަކީ ފަހުރުވެރި ނިންމުމެއް: ރައީސް ޑރ.މުއިއްޒު

ދިވެހި ސަރުކާރުން އިސްރާއީލް ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ ފަހުރުވެރި ނިންމުމެއްކަމަށާއި، އެކަން އެގޮތުގައި ދެމިއޮންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ނިންމި ނިންމުމަކީ ފަލަސްތީނު ރައްޔިތުގެ ހައްޤުގައި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ.

އިސްރާއީލްގެ ޕާސްޕޯޓް މަނާކުރާ މައްދާ ހިމެނޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގްކުރެއްވީ މިދިޔަ އޭޕްރިލްމަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވީ، އެ ނިންމުމަކީ ދިވެހިތާރީހުގައިވެސް ނިންމުނު ފަހުރުވެރި ނިންމުމެއް ކަމަށާއި، ދިވެހިން ތިބޭނީ އަބަދުވެސް ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ކަމަށެވެ. 

އަޅުގަނޑުމެންގެ ޤައުމު ކުޑަވެދާނެ. އެހެންނަމަވެސް 100 އިންސައްތަ އިސްލާމް ޤައުމެއް، އަޅުގަނޑުމެން އެކަމާ ދެކޮޅުކަން ހާމަކުރީ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ސަރުކާރުން އިސްރާއީލް ޕާސްޕޯޓް މަނާކޮށްފައިވަނީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުންނެވެ. 

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށްވެސް ރައީސް ވަނީ މީގެ ކުރިން އެތައް ފަހަރަކު ބައިނަލްއަޤްވާމީ މައިދާނުގައި ގޮވާލައްވާފައެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތާ ބެހޭގޮތުން މިއަދުގެ ނޫސްވެރިްނގެ ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ޤައުމަކާއެކުވެސް ހަމަޖެހިފައިވާ އުސޫލުން ގުޅުންތައް ބޭއްވުން ކަމަށެވެ. މިގޮތުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރާ ހަމަ ހުރިހާ ޤައުމަކާއެކުވެސް ގުޅުންތައް އޮންނާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.