ސަރުކާރުގެ ބިން ހިއްކުމުގެ މަޝްރޫޢުއެއް..
ހަބަރު
03 May 2025 | 11:19
ބިން ހިއްކުމުގެ ބަދަލުގައި ބިން ދިނުމަށް ކުރިން ހަދާފައިވާ އެގްރިމެންޓްތައް މިހާރުވާނީ ބާޠިލްކޮށްފައި: ރައީސް ޑރ.މުއިއްޒު

ސަރުކާރުގެ މަޝްރޫޢުތަކުގައި ބިން ހިއްކުމުގެ ބަދަލުގައި ބިން ދިނުމަށް ކުރިން ހަދާފައިވާ އެގްރިމެންޓްތައް ބާތިލްކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ސަރުކާރުތަކުން ވަނީ އެކިއެކި މަޝްރޫޢުތައް ހިންގާ ފަރާތްތަކަށް ބަދަލުގައި ބިންތައް ލިބޭނޭ އުސޫލެއް ކަނދައަޅައި އެމަގުން ކަންކަން ކުރިއަށްގެންގޮސްފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސްަ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމާއި އެނޫންވެސް ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި އެ މަޝްރޫޢުއެއް ހިންގާ ކުންފުންޏަކަށް ބަދަލެއްގެ ގޮތުގައި ބިން ދިނުމަށް މީގެ ކުރިން ހަދާފައިވާ ހުރިހާ އެގްރީމެންޓުތަކެއް ބާތިލްކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނީ އެބަޔަކު މަޝްރޫޢުއައް ހަރަދުކުރިނަމަވެސް، އެފަރާތަކަށް ދިގު މުއްދަތަކަށް ނުވަތަ އެނޫންވެސް އުސޫލަކުންނަމަވެސް ބިން ނުލިބޭ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ މިހާރުވެސް ގިނަ މަޝްރޫޢުތަކެއްގެ ބިން ހިއްކުން ކުރިއަށްގެންގޮސްފައި ހުރީ އެ މަޝްރޫޢުތައް ހިންގާ ކުންފުނިތަކަށް ބިންތައް ދޭ އުސޫލުންކަމަށެވެ. މިގޮތުން ގިރާވަރުފަޅާއި، ހުޅުމާލޭ ފޭސް 3 ގެ ބިންހިއްކުންވެސް ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވަނީ އެފަރާތްތަކަށް ބިންތައް ލިބޭ ގޮތަށް ކަމަށާއި، މިހާރު އެތަންތަނުގެ ބިންތައް ލިބޭގޮތަށް އޮންނައޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.

މިހާރު ނޯންނާނެ ބިންހިއްކި އެއްވެސް ބައެއް އަތުގައި އެމީހުންނަށް ކުރީ ސަރުކާރަކުން ދީފައޮތް ބިމެއް. ހުރިހާ ބިންތަކެއް އެހެރީ ސަރުކާރަށް ނަގާފައި

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރާއްޖޭގައި އެކިއެކި މަޝްރޫޢުތައް ހިންގާ ފަރާތްތަކަށް އެކި ހިސާބުތަކުން ބިންތައް ދިނުމަކީ ކުރީގެ ސަރުކާރުތަކުން ގެންގުޅެމުންއައި އާއްމު ސިޔާސަތެކެވެ. ސަރުކާރުތަކުން މީގެ ކުރިން އެބީދައިން ކަންކަން ކޮށްފައިވަނީ ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވިޔަ ނުދިނުމަށްކަމަށް އޭރު ސަރުކާރުތަކުން ވަނީ ބުނެފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބިންތައް މުހިއްމު ހިސާބުތަކުން ދީފައިވާއިރު، އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ރައްޔިތުންގެ ބޭނުންތަކަށް ބޭނުން ނުކުރެވި ސަރުކާރަށް ބާރު ނުހިންގޭގޮތަށް އެތައް ބިންތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.