މާލޭގައި ހުރި ބޭސް ފިހާރައެއް: ފޮޓޯ/ އަވަސް
ހަބަރު
03 May 2025 | 16:01
ބޭހުގެ ދަތިކަން ހައްލު ކުރުމަށް، 77 ބޭހެއް %15 ފައިދާ ލައިގެން ވިއްކޭ ގޮތް ހަދައިފި

ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމަވާ، އަގު ކޮންޓްރޯލްކުރި 77 ބޭހަކުން %15 ފައިދާ ލައިގެން ވިއްކޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ރީފޯމްގެ ތެރެއިން 1،000 ނުވަތަ 2،000 ޕަސެންޓާ ދެމެދުގެ ފައިދާ ލައިގެން އާސަންދައަށް ބިލްކުރަމުން ދިޔުން ހުއްޓުވުމަށް ސަރުކާރުން ބޭހުގެ އަގުތައް ކޮންޓްރޯލް ކުރި ކަމަށެވެ.

އެފަދައިން ކަން ކުރުމުން، ސަރުކާރަށް ޖެއްސުމަށް، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްތުގައި ހުއްޓާލި ކަމަށާއި ބޭހުގެ ދަތިކަން ކުރިމަތިވީ އެ ސަބަބާހުރެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެކަން ހައްލު ކުރުމަށް، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއް ފިޔަވައި ހުރިހާ ބޭހެއް އެސްޓީއޯ މެދުވެރިކޮށް މިހާރު ގެނެސްފައިވާ ކަމަށާ، އެ ނުގެނެވި ހުރި 10 ބޭސްވެސް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 1207 ބޭހުގެ ތެރެއިން 784 ބޭސް މިހާރު ލިބެން ހުންނާނެ ކަމަށާ، ބާކީބޭސްވެސް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.  

ހަމަ އެހެންމެ ކުރިން އެޅި ފިޔަވަޅު ލުއިކޮށްދެއްވާ، ބޭސް އެތެރެކުރާ ފަރާތްތަކަށް ފައިދާއެއް ލިބޭނެގޮތެއް ހެދުމަށް، ކެޕް ކުރި 77 ބޭހަކުމް 15 ޕަސެންޓު ފައިދާ ލައިގެން ވިއްކުން ހުއްދަ ކުރެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކުރިން އަޅުގަނޑުމެން ކަޓްޑައުން ކޮށްލި ކޮށްލުމަށް ކުޑަކުޑަ މާޖިންއެއް ލައިދީފިން މިހާރު. އޭޕްރީލް މަހުގެ 20 އިން ފެށިގެން، ޕްރަްުވެޓް ސެކްޓާއިން ބޮޑު ޕްރޮފިޓެއް ނަގަމުންދިޔަދިޔުން ކަނޑާލި ކަނޑާލުމުގައި، 15 ޕަސެންޓް އިތުރުކޮށްލަދީފިން. މާނަ އަކީ އެމީހުންނަށް ކަޓްޑައުން ކުރި ވަރަށްވުރެ ރަނގަޅު އެއްޗެއް ލިބޭ ގޮތް ހަދައިދިނީމި 77 ބޭހަކަށް. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެކަން ކުރެއްވީ ބޭޖުގެ ސްޓޮކް މެއިންޓެއިން ކޮށް ބޭސް ގެނައުމަށް އެފަރާތްތަކަށް ހިތްވަރު ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.