ރައީސް މުއިއްޒު ފުޓްސަލް ކުޅުއްވަނީ
ހަބަރު
03 May 2025 | 19:25
ވެރިކަމަށް 533 ދުވަސް: އާރަށަށް ވަޑައިގަތީ 116 ފަހަރު، 85 ފަހަރު ވަޑައިގަތީ ފުޓްބޯޅަ ކުޅެން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, އާރަށަށް ވަޑައިގަންނަވާ މިންވަރު އިތުރު ކަމަށް ބުނާ ވާހަކަތަކަށް ތަފާސް ހިސާބުން އެމަނިކުފާނު މިއަދު ޖަވާބު ދެއްވައިފި އެވެ.

ނޮވެންބަރު 17, 2023 ގައި ފެށުނު ރައީސް މުއިއްޒުގެ ވެރިކަމަށް މިއަދަަށް 533 ދުވަސްވީ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މުއްދަތުގައި އެމަނިކުފާނު އާ ރަށަށް ވަޑައިގެންނެވީ 116 ފަހަރު އެވެ.

އާންމު ގޮތެއްގައި ހަފްތާއަކު ތިން ދުވަހު ވަޑައިގަންނަވަ އެވެ. ރައީސް ވިދާޅުވީ 116 ފަހަރުގެ ތެރެއިން 85 ފަހަރު ވަޑައިގެންނެވީ ފުޓްބޯޅަ ކުޅުއްވުމަށެވެ. އެމަނިކުފާނަކީ ވަރަށް ބޮޑަށް ފުޓްބޯޅަ ކުޅުއްވާ ހިތްޕުޅުވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން ހުސް ވަގުތުގައި ފުޓްބޯޅަ ކުޅުއްވަން ވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އާ ރަށަށް ވަޑައިގަންނަވަނީ އެ ރަށުގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް އޮތުމުން ކަމަށް ވިދާޅުވި އެވެ.

އަދި މާލޭގެ ފުޓްސަލް ދަނޑަކަށް ކުޅެން ވަޑައިނުގަންވަނީ ސެކިއުރިޓީއާ ޓްރެފިކާއި އެހެން ކަންކަމަށް ބަލާއިރު އާރަށަށް ވަޑައިގަތުން ރަނގަޅު ކަމަކަށްވުން ކަމަށެވެ.

އެއި ރަނގަޅު ސިއްހަތެއްގައި ހުންނެވުމަށް ވެސް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުޓްބޯޅަ ކުޅުއްވަން ވަޑައިގަންނަވާ ރޭރޭ އާ ރަށުގައި ހޭދަ ކުރައްވަނީ ތިން ހަތަރު ގަޑިއިރު ކަމަށެވެ.

އަދި އާއިލާއާއެކު 31 ފަހަރު އެ ރަށަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

ލޯންޗުތަކުގެ ތެލުގެ ހަރަދަށް 8 ލައްކަ ރުފިޔާ

ރައީސް ވިދާޅުވީ އެ ދަތުރުތަކުގެ ތެލުގެ ހަރަދު ވެސް އެމަނިކުފާނު އޮޅުންފިލުވާފައިވާ ކަމަށެވެ. އެމަނިކުފާނު ވަޑައިގަންނަވާތީ ރަސްމީ ލޯންޗުކޮޅުގެ އިތުރުން ސެކިއުރިޓީ ދެ ލޯންޗުކޮޅު ދަތުރުކުރާ ކަމުގައި ވިދާޅުވި އެވެ.

މިހާތަނަށް އާރަށަށް ކުރެއްވި 116 ދަތުރަށް ތިން ލޯންޗުގެ ތެލަށް ހަރަދުވެފައި ވަނީ 8 ލައްކަ 44 ހަތަރު ހާސް ރުފިޔާ ކަމުގައި ވިދާޅުވި އެވެ.

އެ މައުލޫމާތު ސިފައިން މެދުވެރިކޮށް ހޯއްދެވީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީގަނޑުވަރުގެ ފަރިއްކޮޅަށް ބޮޑު ހަރަދެއް: ބޮޑު ދޮގެއް

ރައީސް ވިދާޅުވީ ރިޔާސީގަނޑުވަރު މުލިއާގޭގެ ފަރިއްކޮޅަށް ބޮޑު ހަރަދެއް ހިނގާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި މުލިއާގެއަށް ގަންނަ ކާބޯތަކެތީގެ ބިލްތަކެއް ކަމަށް ބުނެ ފަތުރަމުން ދަނީ އުފައްދާފައިވާ ލިޔުންތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު މުލިއާގޭގެ ކާބޯތަކެއްޗަށް ހަރަދުކޮށްފައި ވަނީ 5 ލައްކަ 63 ހާސް ރުފިޔާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ހަރަދު ކޮށްފައިވަނީ ލައްކައެއްހާ ރުފިޔާ ކަމަށެވެ.

އެ ހުރިހާ ކަމަކަށް ހިނގާފައިވާ ހަރަދުގެ ސީދާ ތަފްސީލު އެމަނިކުފާނު ދެއްވި އެވެ.

ރައީސް ވަނީ އެމަނިކުފާނާއި ގުޅުވާ އެއްވެސް އަސާސެއް ނެތް އެފަދަ ދޮގުތައް ފަތުރަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.