ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނާއިބު ރައީސްގެ ދެކަނބަލުން
ހަބަރު
03 May 2025 | 21:20
ނާއިބު ރައީސަށް ފުރިހަމަ އިތުބާރު އެބައޮތް, ބާކީއެއް ނުކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފަށް ފުރަތަމަ ދުވަހު އޮތް އިތުބާރު އެގޮތުގައި އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސާއި ނާއިބު ރައީސްގެ ގުޅުން ހީނަރުވެފައިވާ ކަމަށް ބުނާ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ނާއިބު ރައީސާއި ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަށް ހުސައިން މުހައްމަދު ލަތީފަށް ދައުވަތު ދެއްވި ދުވަހު އޮތް އިތުބާރު މިހާރު ވެސް އެބަ އޮތް ކަަމަށެވެ. އަދި ކުރިއަށް އޮތްތާ ވެސް އެ އިތުބާރު އެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ކަންކަމުން ނާއިބު ރައީސް ބާކީ ކޮށްފައިވާ ކަމަށް ބަޔަކު ބުނާތީ އެކަމަށް ވެސް އެމަނިކުފާނު ޖަވާބު ދެއްވި އެވެ.

ރައީސް ވިދާޅުވީ ނާއިބު ރައީސް "އެއްވެސް ވަރަކަށް ބާކީއެއް ނުކުރައްވަން" ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ބަދަލުގައި ވަަރަށް ގިނަ ގައުމުތަކަށް ރަސްމީ އެކި އިވެންޓްތަކަށް ވަޑައިގަންނަވަނީ ނާއިބު ރައީސް ކަމުގައި ވިދާޅުވި އެވެ.

ހުސައިން ރަނިންމޭޓަކަށް ނެންގެވުމަށް ނިންމެވީ ރައީސް

ރައީސް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުުރުމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުން ރަނިންމޭޓަކަށް ހުސައިން މުހައްމަދު ލަތީފް ނެންގެވީ އެމަނިކުފާނު ކަމަށެވެ.

އެއީ އަމިއްލަފުޅު ނިންމެވުމެއް ކަމަށް ވެސް ވިދާޅުވި އެވެ. ހުށައެޅުއްވީ ވެސް އަމިއްލަފުޅަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ހުށައެޅުއްވުމުން ހުސައިން ގަބޫލުކުރެއްވުމުން އެކަމާއިމެދު ކުރީގެ ރައީސް ޔާމީންގެ "އެޕްރޫވަލް" ހޯއްދެވި ކަަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.