ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 May 2025 | 23:03
އެންމެ ދިގު ނޫސްވެރީންގެ ބައްދަލްވުން، ރައީސް މުއިއްޒު އެ ވަޑައިގަންނަވަނީ ރެކޯޑަކާ ދިމާއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރީންގެ ބައްދަލްވުމަކީ ރާއްޖޭގެ ތާރީހާއި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބައްދަލްވުމަކަށް ވެއްޖެ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާއި ގުޅިގެން ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވީ މީގެ ދެ ހަފްތާ ކުރީންނެވެ. ރައީސް ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މިއަދު ހެނދުނު 10 ޖެހިއިރު ނޫސްވެރީންގެ ބައްދަލްވުން ވަނީ ފަށާފަ އެވެ.

އަދިވެސް ނޫސްވެެރީންގެ ބައްދަލްވުން ކުރިއަށް ގެންދަވަ އެވެ. ނޫސްވެެރީންގެ ބައްދަލްވުން މެދުކަނޑާލެއްވީ ހަތަރު ފަހަރު އެވެ. އެއީ މެންދުރު ނަމާދު ކުރެއްވުމަށާއި އަސުރު ނަމާދާއި މަޣުރިބު ނަމާދު އަދި އިޝާ ނަމާދު ވަގުތަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ގެންދަނީ ނޫސްވެރީންގެ ބައްދަލްވުމަށް ވަޑައިގެންނެވި ހުރިހާ ނޫސްވެެރީންނަށް ބޭނުން ސުވާލެއް ކުރެއްވުމަށް ފުރުސަތު ދެއްވަމުންނެވެ. މިއީ ދިވެހި ރައީސަކު މިފަދަ ގޮތަކަށް މިހާ ގިނަ ވަގުތު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހޭދަ ކުރައްވާ ފުރަތަމަ ފަހަރެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި މި ހުރިހާ ވަގުތަކު އެމަނިކުފާނު ހުންނަވަނީ ޕޯޑިއަމް ކައިރީގައި ކޮޅަށެވެ.

އެންމެ ދިގު ނޫސްވެރީންގެ ބައްދަލްވުން

މިހާތަނަށް ރެކޯޑް ކުރެެވިފައިވާ އެންމެ ދިގު ނޫސްވެރީންގެ ބައްދަލްވުން ބޭއްވެވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެވެ. 2019 ވަނަ އަހަރު ރައީސް ޒެލެންސްކީ ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެމަނިކުފާނު 14 ގަޑިއިރު ހޭދަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ނޫސްވެރީންގެ ބައްދަލްވުން ކުރިއަށް ގެންދަވާތާ މިހާރު 13 ވަރަކަށް ގަޑިއިރުވީ އެވެ.

ދިވެހި ބައެއް ނޫސްވެރީން ސުވާލުތައް އަމާޒު ކުރަމުންދާ ގޮތުން އަދިވެސް މި ބައްދަލްވުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

ރައީސް މުއިއްޒު ތަފާތު, ބޭނުން ސުވާލެއް ބޭނުން ގޮތަކަށް ކުރެވޭ

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވި ނޫސްވެެރީން ބޭނުން ސުވާލެއް ކުރަން ރައީސް ވަނީ ފުރުސަތު ދެއްވާފަ އެވެ. ބައެއް ނޫސްވެރީން ބައިގަޑިއިރަށް ވުރެ ގިނައިރު ސުވާލުކޮށްކޮށް ތިއްބެވެ. ތިން ހަތަރު ފަހަރު މަތީން ފުރުސަތު ހޯދައިގެން ސުވާލު ކުރަން ބޭނުންވި ނޫސްވެރީންނަށް ވެސް ފުރުސަތު ދިނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ބައެއް ނޫސްވެރީން ވަރަށް ޒާތީކޮށް އަދި ބަޔަކު ގަސްތުގައި ފަތުރާފައިވާ ދޮގު އެތައް ވާހަކަތަކެއް ހިމެނޭހެން ނޫސްވެރީން ސުވާލުކުރުމުން ވެސް އެމަނިކުފާނު ޖަވާާބު ދެއްވި އެވެ.

ނޫސްވެރިއަކު ވަނީ އެހެން ނޫސްވެރިއަކަށް ފޯނުން ގުޅައިގެން ވެސް ރައީސަށް ސުވާލުކޮށް ޖަދަލު ކުރަން ފުރުސަތު ފަހި ކުުރުމުން އެކަން ވެސް މަނާނުކޮށް ފުރުސަތު ދެއްވާފަ އެވެ. އަދި އެ ހުރިހާ ތުހުމަތުތަކެއް އަޑު އައްސަވާ ޖަވާބު ވެސް ދެއްވި އެވެ.

އެންމެން ފާހަގަ ކުރަނީ ރައީސްގެ ކެތްތެރިކަން

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ފާހަގަ ކުރަމުން ދަނީ ރައީސް މުއިއްޒުގެ ކެތްތެރިކަމެވެ.

ނޫސްވެރީންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވުމެވެ. ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކަން ފާހަގަ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.