ޣައްސާން މައުމޫން ރައީސް މުޢިއްޒާ ސަލާމް ކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
04 May 2025 | 09:49
ފެނިގެން ދިޔައީ ރައީސް މުޢިއްޒު މަސައްކަތަށް ދެއްވާ އަހަންމިއްޔަތުކަން : ޣައްސާން

އިއްޔެ ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުން ހާމަވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މަސައްކަތަށް ދެއްވާ އަހަންމިއްޔަތު ކަމާއި ބަހައްޓަވާ ފަރުވާތެރިކަން ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާނެ ކަމަށް ވިދާޅުވި ނޫސްވެރީންގެ ބައްދަލުވުން އިއްޔެ ބާއްވަވާފައިވާއިރު، ހެނދުނު 10:00 އިން ފެށިގެން މެންދަމު 12:54 އާ ހަމައަށް އެ ނޫސްވެރިންގެ ބައްދަލުވުން ވަނީ ކުރިއަށް ގެންދަވާފައެވެ. 

ނޫސްވެެރީންގެ ބައްދަލްވުން މެދުކަނޑާލެއްވީ ހަތަރު ފަހަރު އެވެ. އެއީ މެންދުރު ނަމާދު ކުރެއްވުމަށާއި އަސުރު ނަމާދާއި މަޣުރިބު ނަމާދު އަދި އިޝާ ނަމާދު ވަގުތަށެވެ.

އެމަނިކުފާނު ގެންދެވީ ނޫސްވެރީންގެ ބައްދަލްވުމަށް ވަޑައިގެންނެވި ހުރިހާ ނޫސްވެެރީންނަށް ބޭނުން ސުވާލެއް ކުރެއްވުމަށް ފުރުސަތު ދެއްވަމުންނެވެ. މިއީ ދިވެހި ރައީސަކު މިފަދަ ގޮތަކަށް މިހާ ގިނަ ވަގުތު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހޭދަ ކުރެއްވި ފުރަތަމަ ފަހަރެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި މި ހުރިހާ ވަގުތަކު އެމަނިކުފާނު ހުންނެވީ ޕޯޑިއަމް ކައިރީގައި ކޮޅަށެވެ. ނޫސްވެރީން ތިބީ ގޮނޑިތަކުގައި އިށީންދެގެނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ކޮންމެ ދުވަހަކު ރައީސް މުޢިއްޒު މަސައްކަތަށް ދެއްވާ އަހަންމިއްޔަތާއި ބަހައްޓަވާ ފަރުވާތެރިކަމާއި ވަރުބަލިކަމެއްނެތި ދެއްވާ ވަގުތު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ގޮސްފައިވާ ކަމަށެވެ. 

މިއީ ކޮންމެ ދުވަހަކު ރައީސް މުޢިއްޒު ގެންގުޅުއްވާ ވޯކް އެތިކް. އައްސަރިބަހާއި ސާބަސް. މުޅި ޤައުމު ރައީސް މުޢިއްޒަށް ފަޚުރުވެރިވޭ

ދިފާޢީ ވަޒީރު ޣައްސާން މައުމޫން 

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެެރީން ބޭނުން ސުވާލެއް ކުރަން ރައީސް ވަނީ ފުރުސަތު ދެއްވާފަ އެވެ. ބައެއް ނޫސްވެރީން ބައިގަޑިއިރަށް ވުރެ ގިނައިރު ސުވާލުކޮށްކޮށް ތިއްބެވެ. ތިން ހަތަރު ފަހަރު މަތީން ފުރުސަތު ހޯދައިގެން ސުވާލު ކުރަން ބޭނުންވި ނޫސްވެރީންނަށް ވެސް ފުރުސަތު ދިނެވެ.

ބައެއް ނޫސްވެރީން ވަރަށް ޒާތީކޮށް އަދި ބަޔަކު ގަސްތުގައި ފަތުރާފައިވާ ދޮގު އެތައް ވާހަކަތަކެއް ހިމެނޭހެން ނޫސްވެރީން ސުވާލުކުރުމުން ވެސް އެމަނިކުފާނު ޖަވާާބު ދެއްވި އެވެ.

އިއްޔެގެ ނޫސްވެރީންގެ ބައްދަލްވުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ފާހަގަ ކުރަމުން ދަނީ ރައީސް މުއިއްޒުގެ ކެތްތެރިކަމެވެ. ނޫސްވެރީންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވުމެވެ. ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކަން ފާހަގަ ކުރަމުންނެވެ.

މީގެ އިތުރުން، ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، އެ ނޫސްވެރިންގެ ބައްދަލުވުމަކީ، މިހާތަނަށް ރެކޯޑް ކުރެެވިފައިވާ އެންމެ ދިގު ނޫސްވެރީންގެ ބައްދަލްވުމެވެ.

މީގެ ކުރިން އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެވެ. 2019 ވަނަ އަހަރު ރައީސް ޒެލެންސްކީ ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެމަނިކުފާނު 14 ގަޑިއިރު ހޭދަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ނޫސްވެރީންގެ ބައްދަލްވުން ގާތްގަނޑަކަށް 15 ވަރަކަށް ގަޑިއިރު ކުރިއަށް ގެންދެވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.