ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ފޮޓޯ/ މަޖިލިސް
ހަބަރު
04 May 2025 | 14:01
ރާއްޖޭގެ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމް؛ އެއީ ވަކި ވެރިއެއްގެ މައްސަލައެއް ނޫން: ނަޝީދު

ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ހުރި ނުރަނގަޅު ކަންކަމަކީ ވަކި ވެރިއެއްގެ މައްސަލައެއް ނޫން ކަމަށެވެ. 

”ޕާލަމަންޓްރީ (ބަރުލަމާނީ) ނިޒާމަށާއި ޕްރިފަރެންޝިއަލް (ގިނަ ވޯޓު ދެވޭ) ވޯޓިންގ އަށް ބަދަލު ވެއްޖެނަމަ އެތައް ކަމެއް އިސްލާޙް ވާނެ ކަމަށް ދެކެން“

ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދަކީ ފެށުނީއްސުރެވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ނިމިދިޔަ ސަރުކާރުގައި އެމްޑީޕީ ލީޑަޝިޕްގެ މެދުގައި ބައިބައިވުން އުފެދި ޕާޓީ ”ރޫޅިގެން“ ދިޔަ ސަބަބު ތަކުގެ ތެރެއިން އެއް ސަބަބަކީވެސް އޭރު ވެރިކަމުގައި ހުންނެވި، ރައީސް ނަޝީދުގެ ގާތް އެކުވެރި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީ މެންބަރުން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސް ނުވުމެވެ. 

އެފަހުން ރައީސް ނަޝީދާއި ޞާލިޙާދެމެދު އޮތް ގުޅުން ކެނޑި ނަޝީދު އެމްޑީޕީ ރައީސް ކަމުން އިސްތިއުފާ ދެއްވައި ޕާޓީންވެސް ވަނީ ވަކިވެ ވަޑައިގެންފައެވެ. 

މީގެ އިތުރުން އެމަނިކުފާނު ތާއީދު ކުރާ ކަމަށް ވިދާޅުވެފައިވާ ޕްރިފަރެންޝިއަލް ވޯޓިންގެ ނިޒާމުގައި އެ މީހަކު ވޯޓް ދޭނީ އެންމެ ރަނގަޅު ކެންޑިޑޭޓުން ތަރުތީބުވާ ގޮތަކަށެވެ. އެންމެ ރަނގަޅު ކެންޑިޑޭޓާކައި ދެވަނައަށް ރަނގަޅު ކެންޑިޑޭޓާއި ތިންވަނައަށް ރަނގަޅު ކެންޑިޑޭޓް މިހެން ފާހަގަވާ ގޮތަށެވެ. އެ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެނަމަ ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނާނެ އެވެ.

މި ނިޒާމު ރާއްޖެއާ އަވައްޓެރި އިންޑިއާ އަދި ލަންކާގައި ވެސް އެބަ އޮތެވެ. ނަމަވެސް ހުރިހާ އިންތިހާބެއްގައި އެ ގޮތަށް އަމަލެއް ނުކުރެ އެވެ. ލަންކާގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު ގައި ވެސް ނަތީޖާ ނެރެފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓް ނުލިބުމުން ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނައިގެންނެވެ.

ޕްރިފަރެންޝިއަލް ނިޒާމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުވެސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައިވާ ނިޒާމެވެ. 

ކޮމެންޓް
ހުސޭނުބެ
މައްސަލައަކީ ނިޒާމެއްވެސް ނޫނެވެ. މައްސަލައަކީ ޑިމޮކްރަސީ އެވެ. ޑިމޮކްރަސީއަކީ އިސްލާމުންގެ ސިސްޓަމެއްނޫނެވެ. ދުނިޔޭގައި މުސްލިމުން 500 އަށްވުރެން ގިނަދުވަހު އިންސާފުވެރި ވެރިކަންކުރި ސިސްޓަމް ގެނައުންނޫން ގޮތެއް ނެތެވެ.
04 May 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.