ޢަބްދުﷲ ޝާހިދު
ހަބަރު
04 May 2025 | 16:20
ފ.މަގޫދޫ އެމްޑީޕީ ވުމަކުން އެއާޕޯޓް މަޝްރޫޢު ހުއްޓުވާކަށެއް ނުޖެހޭ: ޝާހިދު

ފ.މަގޫދޫ ރައްޔިތުން އެމްޑީޕީއަށް ސަޕޯޓްކުރުމަކީ، އެރަށު އެއާޕޯޓް މަޝްރޫޢު ހުއްޓުވަންޖެހޭ ސަބަބެއް ނޫންކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަގޫދޫ އެއާޕޯޓް މައްސަލާގައި އަދުގެ ސަރުކާރުން ކަންކަން ކުރައްވަމުންގެންދަވާ ގޮތާއި ގުޅޭގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ މަގޫދޫ އެއާޕޯޓް މައްސަލާގައި ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ޝާހިދުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ، ފ. މަގޫދޫއަކީ އެމް.ޑީ.ޕީ ގެ ކިއްލާއަކަށްވުމުން އެ ރައްޔިތުންގެ އެއަރޕޯޓް މަޝްރޫޢު ހުއްޓުވަން ނުޖެހޭ ކަމަށެވެ. ޝާހިދު ވިދާޅުވީ، ނަތީޖާ ނެރުމަކީ ތަފާތު ޚިޔާލު ކަސްތޮޅު އަޅުވާ ފަހަތަށް ސޮއްސާލަން މަސައްކަތް ކުރުމެއް ނޫންކަމަށެވެ. 

އެގޮތުން ޝާހިދު ވަނީ، ހިޔާލުފާޅުކުރުމާއި، ފިކުރީ މިނިވަންކަމުން ވަޒީފާއިން ވަކިކޮށް، ޖަމާޢީ ތާޢީދު ދަށްވުމުން ތަރައްޤީން ރައްޔިތުން ބާކީ ނުކުރުމަށް ސަރުކާރަށް އިލްތިމާސްކުރައްވާފައެވެ.

މި ސަރުކާރު ވޯޓު ފޮށިން ބަލި ކުރާނަން އަދި އިންސާފާއި ތަރައްޤީ އަލުން އަނބުރާ ހޯދާނަން

ޝާހިދުގެ ޕޯސްޓްގައި ވިދާޅުވިއެވެ

ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް ލަސްވަމުންދާ މައްސަލާގައި އެރަށުގެ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އަދުގެ ސަރުކާރުން ވަނީ ފ.ނިލަންދޫގައިވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައެވެ. މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބް ވަނީ ފ.މަގޫދޫ އާއި ފ.ނިލަންދޫ އެއާޕޯޓު ކައިރިކައިރީގައި އޮތުމުން ގެއްލުމެއް ލިބޭނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. 

މަގޫދޫ އެއާޕޯޓް.. ފޮޓޯ: އެމްޓީސީސީ

މަގޫދޫ އެއާޕޯޓުގެ 75 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ހުއްޓާލުމަކީ ރައްޔިތުންނަށް ވެސް އަދި އެ ސަރަހައްދުގައި ހުރި ރިސޯޓްތަކަށް ވެސް ފައިދާވާނެ ކަމެއް ނޫންކަމަށެވެ.

އެހެންނަމަވެސް އިންވެސްޓަރުންވެސް މުސްތަގުބަލުގައި އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވެފައިވަނީ މަގޫދޫ އެއާޕޯޓުގެ އިތުރުން، ނިލަންދޫގައި އެއާޕޯޓެއް އެޅުމުން ލިބޭނެ ގެއްލުމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމެންޓް
އަހުދުނާމާ
ތިޔަ މަސައްކަތް ވެސް ނިންމާނީ މިސަރުކާރުން
04 May 2025
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.