ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް: ފޮޓޯ/ މަޖިލިސް
ހަބަރު
05 May 2025 | 09:21
އެމްއައިއެފްސީއަކީ ދުނިޔޭގެ މާލީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ޤާސިމް

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) އަކީ ރާއްޖޭގެ އިޤްތިޞާދުގެ ކުރިއެރުމަށާއި، ދުނިޔޭގެ މާލީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ރޭ ކުރުނބާ މޯލްޑިވްސްގައި ވަނީ ބާއްވާފައެވެ. 

އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެ ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ އިޤްތިޞާދު ތަނަވަސްކޮށް، ދުނިޔޭގެ މާލީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ދެމެހެއްޓެނިވި ބޭރުގެ އިންވެސްޓްމަންޓް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއަދުގެ ހަލުވިކޮށް ބަދަލުވަމުންދާ މާލީ ދުނިޔޭގައި، ޑިޖިޓަލް ފައިސާއާއި ބްލޮކްޗެއިން ޓެކްނޮލޮޖީ އެމް.އައި.އެފް.ސީ އާ އެއްކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދު މުސްތަޤްބަލަށް ތައްޔާރުވެ، ފިންޓެކް އީޖާދުތައް އުފެއްދި، ޚާއްޞަކޮށް ޒުވާނުންނާއި މިހާރުގެ ވިޔަފާރިވެރިންނަށް ދުނިޔޭގައި ފުރުޞަތުތައް ހުޅުވިގެންދާނެ،" ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވެފައިވަނީ މި ހިތްވަރުގަދަ ތަޞައްވުރު ޙަޤީޤަތަކަށް ވެގެންދާނެ ކަމުގެ ޝައްކެއް ނެތް ކަމަށެވެ. އަދި ރާއްޖެއަށް ފައިދާ ކުރާނެ ގޮތަށް އެކުލެވިގެންވާ މާލީ މަރުކަޒަކުން ޒަމާނީ މާލީ ވިޔަފާރިތަކާއި ޑިޖިޓަލް އިޤްތިޞާދު އެކުގައި ބަލައިގަންނަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއާއެކު ޤާސިމް ވަނީ ރައީސް މުޢިއްޒުގެ މި ތަޞައްވުރަށް އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ސިޔާސީ ޕާޓީތަކާއި އެކި ފިކުރުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މިއީ ވަރުގަދަ އަދި ތަފާތު ދާއިރާތަކުން ކުރިއަރާފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.