ފެނަކައިން ގެނައި، އައު އިންޖީނެއް... ފޮޓޯ: ފެނަކަ
ހަބަރު
05 May 2025 | 14:25
ވޭވަށާއި ދަރަނބޫދޫގެ ކަރަންޓްގެ ހާލަތު ރަގަޅުކުރުމަށް އައު އިންޖީނުތައް ބަހައްޓަނީ!

ވޭވަށާއި ދަރަނބޫދޫގެ ކަރަންޓްގެ ހާލަތު ރަގަޅުކުރުމުގެ ގޮތުން އެ ދެ ރަށުގައި އައު އިންޖީނު ބެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ފެނަކައިން މިހާރު ވަނީ ދަރަނބޫދޫ އާއި ވޭވަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް އެ ދެރަށަށް އައު އިންޖީނުތައް ގެންގޮސްފައެވެ. މިކަމާ ގުޅޭގޮތުން ފެނަކައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ދެރަށަށް ގެންދިޔައީ 250 ކވ ގެ އިންޖީނުކަމަށެވެ. 

ފ.އަތޮޅު ދަރަނބޫދޫ އާއި މ އަތޮޅު ވޭވަށަކީ ކަރަންޓްގެ މައްސަލަ އަބަދުވެސް ބޮޑު ދެ ރަށްކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން ފެނަކައިން ވަނީ މީގެ ދެ އަހަރުކުރިން ވޭވަށުގެ އިންޖީނުގެ ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައެވެ.

މިގޮތުން ވޭވަށުގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުންދިޔަ ދުވަސްވީ އިންޖީނުގޭގެ ބަދަލުގައި ފެނަކައިން ވަނީ 2022 ވަނަ އަހަރު އެރަށުގައި އައު އިންޖީނުގެއެއް އަޅައި ހިދުމަތްދޭން ފަށާފައެވެ. އޭރު އެރަށުގައި ކަރަންޓް ދިނުމަށް ބަހައްޓާފައިވަނީ، 400ކވ ގެ އިންޖީނެކެވެ. ވޭވަށު އިންޖީނުގެ ތަރައްޤީކުރުމަށް ވަނީ 10 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. 

ފަނަކައިން މިއަދު ވޭވަށަށް ފޮނުވި އައު އިންޖީނާއެކު އެރަށަށް ކަރަންޓް ދޭ ކެޕޭސިޓީ 650ކވ އަށް އިތުރު ކުރެވިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް