ޖަޕާނުން ރާއްޖޭގެ ކޯސްޓް ގާޑަށް ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ހަބަރު
07 May 2025 | 16:23
ޖަޕާނުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން އެއްބަސްވެއްޖެ

ޖަޕާނު ސަރުކާރުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު މިިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލެވެ.

ޖަޕާން އެމްބަސީން މަޢުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން 400 މިލިއަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 2.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީއެއް ދިވެހި ސިފައިންގެ ކޯސްޓްގާޑަށް ދޭގޮތަށް ވަނީ ނިންމާފައެވެ. މި އެހީގެ ދަށުން ހަދިޔާކުރަން ނިންމާފައިވާ "ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް"ގެ ދެ އުޅަނދެވެ.

މި އުޅަނދުތަކުގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ތިމާވެށި ހިމާޔަތްކުރުމާއި ކަނޑުމަތީގައި ޤާނޫނު ތަންފީޒުކުރުން ހަރުދަނާވެގެންދާނެ ކަމަށް ޖަޕާނުން ބުނެފައިވެއެވެ. އެގޮތުން، މި އުޅަނދުތަކުން މަސްތުވާތަކެތި އެތެރެކުރުމާއި، މީހުން ޓްރެފިކްކުރުމާއި، ނުވަތަ ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ޕެޓްރޯލްކޮށް، ކަނޑުމަތީގެ ޤާނޫނުތައް ތަންފީޒުކުރުމަށް އެހީވެދޭނެކަން ފާހަގަކޮށްފައިވެއެވެ. 

މީގެ އިތުރުން، މި އުޅަނދުތަކަކީ ކަނޑުމަތީގައި ހިނގާ ކުއްލި ހާދިސާތަކުގައި އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ އުޅަނދުތަކަކަށް ވާއިރު، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށްޓަކައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހޯދައި، އެކަން ހުއްޓުވުމަށްވެސް މި އުޅަނދުތައް ބޭނުންކުރެވޭނެ ކަމަށް ޖަޕާނުން ބުނެފައިވެއެވެ. 

މީގެކުރިން ވެސް ޖަޕާނުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އުޅަނދެއް ހަދިޔާކޮށްފަ އެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ވެސް ޖަޕާނުން ކުރިން ވެހިކަލްތަކެއް ހަދިޔާކުރި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.