އެމްޓީސީސީގެ މުއައްޒަފުންތަކެއް... ފޮޓޯ: އެމްޓީސީސީ
ހަބަރު
07 May 2025 | 16:08
އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަސައްކަތުގެ މައިދާނަށް ޒުވާނުން ފައްކާކުރުމުގެ ގޮތުން އެމްޓީސީސީން ކުރިއަށްގެންދާ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން މިއަދު ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ހުނަވަރު ޕްރޮގާރާމްގެ ދަށުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޜަންގައި، ޕްރޮޖެކްޓް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެމްޓީސީސީން ވަނީ، މިފަހަރުގެ ޕްރޮގްރާމަށް 11 ފަރާތެއް ނެގުމަށް ނިންމާފައެވެ. 

ޖުމްލަ 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މަސައްކަތްކުރަންޖެހޭނީ ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރުއެވެ. އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،000 ރުފިޔާއެވެ. ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ހުރުން ލާޒިމްވާ ޝަރުތުތަކުގެ ތެރޭގައި ސައިންސް ސްޓްރީމުން އޯލެވެލް ފުރިހަމަ ކޮށްފައިވުމާއި، މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ދާއިރާގެ އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުރުން ހިމެނެއެވެ.

އެމްޓީސީސީން ބުނީ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު މިހިނގާ މެއިމަހުގެ 14 ވަނަ ދުވަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހޭނޭ ކަމަށެވެ. މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން ކުރިއަށްދާނީ މެއިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 15 ވަނަ ދުވަހާ ހަމަޔަށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވަނީ މީގެ ކުރިންވެސް ހުނަވަރު ޕްރޮގްރާމް މިދިޔަ އަހަރުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ޕްރޮގްރާމުން ތަމްރީނުވި ދަރިވަރުން އެމްޓީސީސީގެ ޒިންމާދާރު މަޤާމުތަކުގައި މިއަދު ހަރަކާތްތެރިވަމުން އަންނަކަން އެކުންފުނިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.