ނާފް މުހައްމަދު ތޯހާ: އާއިލާ އިން އެދެނީ އެހީތެރިވެ ދިނުމަށް
ރިޕޯޓް
07 May 2025 | 18:57
ތުއްތު ނާފު ކެންސަރަށް ފަރުވާ ހޯދަން ފަށައިފި، އެދެނީ ދީލަތި އެހީއަށް

އުމުރުން ތިން އަހަރުގެ ނާފް މުހައްމަދު ތޯހާ އަކީ ސިއްހީ ގިނަ މައްސަލަތަކަކަށް ފަރުވާ ހޯދަމުންދާ ކުއްޖެކެވެ. ވިހެއުމުގެ ތެރޭ ނޭވާލާން އުދަގޫވެ ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫ ނެތުމުން އެމެޖެންސީކޮން އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރު ގައި ބާއްވައިގެން ފަރުވާދޭން ފެށި ފަހުން މިއަދާ ހަމައަށް ވެސް ތަފާތު އެކި ސިއްހީ މައްސަލަ ތަކުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

އަތްފައިގެ ހަރަކާތްމަދުވެ ރޯއަޑު އެއްވެސް ވަރަކަށް ނީވޭތީ އެކަމުގެ ސަބަބު ދެނެގަތުމަށް އުމުރުން އެންމެ ހަތަރު ދުވަހުގެ ތެރޭގައި ނާފް ވަނީ އެމްއާރްއައި އެއް ހަދާފަ އެވެ.

މި ޓެސްޓުގެ ނަތީޖާ އިން ސިކުޑީގައި ލޭކޮލެއް ގަޑުވެފައި ހުރިކަން އެނގުނެވެ. އެހެން ކަމުން އެމެޖެންސީކޮން އިންޑިއާގެ އާނަންދަޕޫރީ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި 2022 ގެ ޖެނުއަރީ 14 އިން ފެބުރުއަރީ 24ށް އެ ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.

މީގެ ކުރީން ވެސް އާންމުންގެ ސަމާލު ކަމަށް އައި ނާފް ވަނީ މިހާތަނަށް ރާއްޖެއިން ބޭރު އަށް ހޮސްޕިޓަލްއަކުން ފަރުވާ ހޯދާފަ އެވެ. ނާފް އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކާން ދޭން ޖެހެނީ ބަނޑަށް ލައްވާފައިވާ ޕައިޕުންނެވެ. ނަމަވެސް އެކަމުގެ ސަބަބުން ވެސް އިތުރު މައްސަލަތައް ދިމާވެ އެތައް ފަހަރަކު ފަރުވާ ހޯދަން ޖެހިފައިވެ އެވެ. 

ނާފްގެ ހާލަތުގެ ސަަބަބުން އެއްވެސް އެއްޗެއް ކާން އަދި ބޯން ދޭން ވަނީ މަނާކޮށްފަ އެވެ. އެހެން ކަމުން ޕައިޕު މެދުވެރިކޮށް ހަށިގަނޑުގެ ތެރެއަށް ފޮނުވަން ޖެހެނީ ވަކި ބާވަތްތަކެއްގެ އެއްޗެއްސެވެ. މިވަގުތު ޕީޑިއާ ގޯލްޑް ފިޔަވާ އިތުރު ނުދެވެ އެވެ. ނަމަވެސް އެއީ ރާއްޖެއިން ލިބެން ނެތް އެއްޗެއް ކަމުން އެއީވެސް އާއިލާއަށް ކުރިމަަތިވެފައިވާ ބޮޑު ދައްޗެކެވެ.

މި އަހަރު އޭޕްރީލް ދެއަކުން 17 އަށް ނާފް ވަނީ ނިއުމޯނިއާ އަށް ފަރުވާ ހޯދާފަ އެވެ. އަދި ހަށިގަނޑުގެ އެތޭގައި ހުރި ލިމްފް ނޯޑް ދެނެގަތުމަށް ބައެޕްސީ ހެދުމަށް އެމެޖެންސީކޮން އިންޑިއާގެ ރާޖަގިރި ހޮސްޕިޓަލް އަށް ގެންގޮސް އައިސީޔުގައި ގައި ފަރުވާ ދޭން ވަނީ ފަށާފަ އެެވެ.

ބައިޕްސީ ރިޕޯޓް އިން ދައްކަނީ ކެންސަރުގެ ބާވަތެއް ކަމަށްވާ ކްލާސިކް ހޮޑްކިންސް ލިމްފޯމަށް ނާފް ޕޮސްޓިވްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދިފާއި ބާރު ދައްވުމާއި ފުއްޕާމޭ ކަނާތްފަރާތް އެއްކޮން ކޮލަޕްސްވުން ފަދަ މައްސަލަތައް ވަނީ ދިމާވެފަ އެވެ.

އެ ބަލީގެ ސަބަބުން ނާފަށް ވަނީ ކީމޯ ތެރަޕީ ފަށަން ޖެހިފަ އެވެ. އަދި އެހާބަލި އިރު ކީމޯ ދޭއިރު އިތުރަށް ބަލިވެ ކޮންމެ ކަމެއް ވެސް މެދުވެރިވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ނާފްގެ ފަރުވާއަށް ކުރިއަށް އޮތް ހައެއްކަ އަށެއްކަ މަސް ހޭދަ ކުރަން ޖެހެ އެވެ. އަދި އިތުރު މައްސަލަތަކެއް ދިމާވެއްޖެ ހާލަތެއްގައި އެއަށްވުރެ ގިނަ ދުވަސްވެސް ހޭދަވުމުގެ ފުރުސަތު އެބަ އޮތެވެ.

އެހެން ކަމުން އާއިލާ އިން އެދެނީ ވީހާވެސް ގިނަ ބަޔަކު ނާފަށް އެހީތެރިވެ ދިނުމަށެވެ. "ވޮއިސް" ގެ ޓީމުން އެދެނީ ތިޔަ ކިޔުންތެރީންގެ ދީލަތި އެހީތެރިކަން ތުއްތު ނާފަށް ދިނުމަށެވެ. އަދި ތުއްތު ނާފަށް ހެޔޮ ދުއާކޮށް ދިނުމާއި އަވަސް ޝިފާ އަކަށެވެ.

ނާފްއަށް އެހީތެރިވުމަށް:

* 7701507377101 (ISAAMA DAWOOD) ނާފްގެ މަންމަ ބީއެމްއެލް އެކައުންޓް (9713214)

* 90403100366562000 (Mohd.Thoha.A.Kareem) ނާފްގެ ބައްޕަ އެމް.އައި.ބީ ޔޫއެސްޑީ އެކައުންޓް

(7996005)

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.