އައިޝަތު އަސްނާ ހަމްދު
ހަބަރު
07 May 2025 | 19:41
ޑެޕިއުޓީ ގަވަރުނަރަށް އަސްނާ އައްޔަނު ކުރަން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އައިޝަތު އަސްނާ ހަމްދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލާ ގައި އެ މަގާމަށް އޭނާ އައްޔަނު ކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލްވުމަށް އަސްނާ ހާޒިރުކޮށް ވަނީ އިންޓަވިއު ކޮށްފަ އެވެ. އަދި ކޮމެޓީ މެންބަރުންގެ މެދުގައި މަޝްވަރާކޮށް އެ ކޮމެޓީން ނިންމާފައި ވަނީ އަސްނާ އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށެވެ.

އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 15 ވަރަކަށް އަހަރު ވެފައިވާއިރު، މިވަގުތު އޭނާ ހުންނެވީ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ އެމްއެމްއޭގެ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ގަވަރުނަރުގެ މަގާމަށް މުނައްވަރު ވަޑައިގެން މިދިޔަ ނޮވެމްބަރު މަހު ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. 

ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ ހަމަޖައްސަން އެދި ފޮނުވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު އިސްތިއުފާ ދެއްވުމުންނެވެ. އިމާދު އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

އިމާދު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް