މީގެ ކުރިން ބޭއްވި އުފާ ފެސްޓިވަލް އެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލް މިނިސްޓްރީ
ހަބަރު
08 May 2025 | 11:06
ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ހުޅުމާލޭ ފޭސް 2 ގައި 'އުފާ ފެސްޓިވަލް' ބާއްވަނީ!

ޤައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެޗްޑީސީ ގުޅިގެން 'އުފާ ފެސްވިޓަލް' ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށް، ހުޅުމާލެ ފެސް-2 'ހިޔާ ޕާކު' ސަރަހައްދުގައެވެ.

ސޯޝަލް މިނިސްޓްރީން ބުނީ، ރޮބޯމޭންގެ ހަރަކާތްތަކާއި، ފޯމް ޕާޓީ، ބައުންސިން ކާސަލް، ބައުންސިން ހޯސް ރައިޑިން، ބުލް ބޭޝް، އޯބީޒް ޝޫޓިން، ބަބުލް ހައުސް، ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް 'އުފާ ފެސްޓިވަލް' ގައި ކުޑަކުދިންނައްޓަކައި ތައްޔާރުކުރެވިފައި ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދާއިރު، ޓްރާންފޯމާސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައް ވެސް އެތަނުގައި އެ ދުވަހު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ސުކޫލްތައް ގުޅިގެން އެކި ސަރަހައްދު ތަކުގައި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.