ވާނުވާ ބަންދުން މީހުން ދޫކޮސްލުމާމެދު ކުރެވެމުންދާ މަޝްވަރާގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 May 2025 | 14:26
ވާނުވާ ބަންދުގައި ތިބި ބައެއް މީހުން ޓެގް އަޅުވާފައި ދޫކޮށްލެވޭތޯ ބެލުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ.މުއިއްޒު

ތަފާތު އެކިއެކި ކުށްކުށުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން ވާނުވާ ބަންދުގައި ތިބި ބައެއް މީހުން ޓެގް އަޅުވާފައި ދޫކޮށްލެވޭތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ހަފްތާއަކު އެއްފަހަރު ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޓެގް އަޅުވާފައި ދޫކޮށްލެވޭ މީހުންބަލައި އެކަން ކުރެވޭނެ ގޮތްތައް ބަލަމުންދާކަމަށެވެ. އެގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ހަވާލުކުރެވި އެ މަސައްކަތް ފަށާފައިވާކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ޓެގުއަޅުވާފައި ދޫކޮށްލެވޭތޯ ބަލަމުންދާކަމަށެވެ. ދޫކޮށްލާ މީހުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިތިބި މީހުން ނުހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ތިބިކަމަށާއި، އޭގެ ތެރޭގައި ވަރަށްގިނަ އަހަރުވަންދެން ބަންދުގައި ތިބި މީހުންވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ބައެއް މީހުން 6 އަހަރު ވާނުވާ ބަންދުގައި ހޭދަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ވީހާވެސް ގިނަ މީހުން، ތިންބައިކުޅަ އެއްބައިވަރު ގާތްގަނޑަކަށް ޓެގް އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރުވާނީ ފުލުހުންނާ ޕީޖީއާ އޭޖީއާ އެއްކޮށް މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފަ

ރައީސް ޑރ.މުއިއްު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ކުށާއި، ކުދަކުދިންނަށް ޖިންސީ ގޯނާގެ ކުށާއި އެނޫންވެސް ބޮޑެތި ކުށްތައް ކޮށްފައިތިބި މީހުން ފިޔަވައި އެހެން ކުށްވެރިން ކަފާލާތުގެ ތެރެއިން ގެއަށްދޫކޮށްލެވޭނެ ގޮތެއް އޮތްތޯބެލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. 

ރައީސް ވިދާޅުވީ މިބާވަތުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވީހާވެސް އަވަހަކަށް މައްސަލަތައް ބަލއި ނިންމުން ކަމަށާއި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކޯޓުތަކުގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޯޓުތަކުގެ ޖާގައިގެ އިތުރުން އިދާރީ މުއައްޒަފުން އިތުރުކުރުމުގެ ކަންކަންވެސް ކުރިއަށްއޮތް ތަނުގައި ކުރައްވާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.