އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު
ހަބަރު
08 May 2025 | 14:55
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު މަގާމުން ވަކިވެވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށް އެ މަގާމުން ޝަރަފުވެރިކަމާއެކު ވަަކިވެވަޑައިގަތުމަށް ހުށައަޅުއްވައިފި އެވެ.

އުއްތަމަފަނޑިޔާރު އެ ހުށައެޅުއްވުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅުއްވާފައިވާކަން ޖުޑީޝަރީގެ އޮފިޝަލަކު ވަނީ ޔަގީން ކޮށް ދެއްވާފަ އެވެ. މުއުތަސިމްގެ އެ ހުށައެޅުއްވުމާމެދު ޖޭއެސްސީން ވަރަށް އަވަހަށް ގޮތް ނިންމާނެ އެވެ.

ފަނޑިޔާރުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވޭނީ އެ ފުރުސަތު ދިނުމަށް ޖޭއެސްސީން ނިންމައިފި ނަމަ އެވެ. މީގެ ކުރީން ބައެއް ފަނޑިޔާރުންނަށް އެ ފުރުސަތު ދީފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ފެބްރުއަރީ 17 ވަނަ ދުވަހު ވަނީ ދެއްވާފަ އެެވެ. ވަކީލުން ހުވާކުރުމަށް އެ ދުވަހު އޮތް ރަސްމިއްޔާތެއްގައި މުއުތަސިމް ވިދާޅުވީ މިހާރު "ދުވަސް" ވެއްޖެ ކަމަށެވެ.

އަދި މަގާމުގައި ދެން މާގިނަ ދުވަހު ދެމި ނުހުންނަވާނެ ކަމަށް އިޝާރާތަކަށް ފުދޭ ފަދަ މޭރުމަކުން ވިދާޅުވީ އެފަދަ ރަސްމިއްޔާތަކުން މިހާރު ހުންނެވި ހައިސިއްޔަތުން ދެން ފެނިވަޑައިނުގެންފާނެ ކަމަށެވެ. 

ސުޕްރީމް ކޯޓަށް އަނެއްކާ ބަދަލުވަނީ

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އަވަސް ބަދަލުތަކެއް އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓްގެ ގިނަ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރެއްވި އެވެ. ބައެެއް ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތައް ކުރެވި ޖަލުގައި ބަންދު ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން މުޅި ސުޕްރީމް ކޯޓް އެއްކޮށް ބަދަލު ކުރެއްވި އެވެ.

މިހާރު ހިނގަމުންދާ ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް ސުޕްރީމް ކޯޓް ބަދަލުވުމުގެ މަރުހަލާ އެބަ ހިނގަ އެވެ. މިހާރުވެސް އެ ކޯޓްގެ އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވި އެވެ. ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ މައްސަލައެއް ބަލަން ފެށުމުންނެވެ.

ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ކަަަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ނިންމާ ޖޭއެސްސީން މަޖިލީހަށް ވަނީ މައްސަލަ ފޮނުވާފަ އެވެ. ވަރަށް އަވަހަށް އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރާނެ ކަމަށް ބެލެވެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ވަކިވެވަޑައިގަތުމުން ދެން ތިއްބަވާނީ ދެ ފަނޑިޔާރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.