ފޮރިން މިނިސްޓްރީގެ އިދާރާ -- ފޮޓޯ: ވޮއިސް
ހަބަރު
08 May 2025 | 23:20
ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ދަނީ ވަރަށް ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ

ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށް ބުނެފި އެވެ.

ޕާކިސްތާނާއި އިންޑިއާ އިން ނުރައްކާތެރި ހަނގުރާމައެއް ފަށާފާނެ ހާލަތަށް ގޮސްފައިވާ މި ދަނޑިވަޅުގައި ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ  ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ގެންދަނީ ކުރަމުން ކަމަށެވެ.

މިގޮތުން، ޕާކިސްތާނުގެ މަސްރަހު މިހާރަށް ވުރެން ގޯސްވާނަމަ، އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހީންނާއި އެ ގައުމަށް ދަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއްދީ ޕާކިސްތާނުގެ ސަރުކާރާއި އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ މިނިސްޓްރީން ވަނީ ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ހައިކޮމިޝަނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުއްވުމަށް އެދިފަ އެވެ.

* ދިވެހި ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143‬‬‬‬‬‬‬‬

* މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400

މައްސަލައިގެ ފެށުން

އިންޑިއާ-ޕާކިސްތާނުގެ ގުޅުން މި ފަހަރު ހީނަރުވެ ހަނގުރާމައެއް ފެށުމުގެ ހާލަތަށް ދިޔައީ މިދިޔަ މަހުގެ ފަހު ހަފްތާގައި ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާތަކަކާއި ގުޅިގެންނެވެ. އިންޑިއާ ބަޔަކު ހިމެނޭހެން 27 މީހަކު މަރުވި މި ހަމަލާތަކުގެ ޒިންމާ އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ބޮލުގައި އަޅުވާފަ އެވެ.

މި ހަމަލާއާ ގުޅިގެން އިސްވެ އިންޑިއާ އިން ވަނީ ޕާކިސްތާނަށް ހަމަލާ ދީފަ އެވެ. އެ ހަަމަލާތަކުގައި ޕާކިސްތާނުގެ އާންމުންތަކެއް މަރުވި އެވެ. އެހެން ކަމުން ބަދަލު ހިފުމުގެ ހަމަލާތަކެއް ޕާކިސްތާނުން ވެސް ވަނީ ދީފަ އެވެ. އެ ހަމަލާތަކުގައި އިންޑިއާގެ ބަޔަކު މަރުވި އެވެ. އަދި އިންޑިއާގެ އަސްކަރީ ބައެއް އުޅަނދުތަކަށް ހަމަލާދީ ވައްޓާލި އެވެ.

ހަމަލާތަކުގައި ޕާކިސްތާނުން 31 އަދި އިންޑިއާއިން 13 މަރު

ޕާކިސްތާނުން ބުނީ އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާނުގެ އާންމުންގެ 31 މީހަކު މަރުވެފައިވާ ކަމަށެވެ.

އަދި އިންޑިއާއިން ބުނާ ގޮތުން ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާގެ 13 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ސިފައިންގެ މީހަކު ވެސް ހިމެނެ އެވެ.

ހަމަނުޖެހުންތައް އަވަހަށް ހުއްޓާލާ ދެ ގައުމު ސުލްހަވުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. ހަތިޔާރުގެ މުއްސަދިކަން އޮތް ދުނިޔޭގެ މި ބާރު ހަނގުރާމައަކަށް ދިއުމަކީ ހުރިހާ ގައުމަކަށް އަސަރު ކުރާނެ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް