ޕާކިސްތާނުގެ އަސްކަރިއްޔާހެ ހަރަކާތެއް ކުރިއަށް ދަނީ
ހަބަރު
09 May 2025 | 17:01
އިންޑިއާގެ ތިން ސަރަހައްދަކަށް ހަމަލާދޭ ކަމަށް ބުނެ އިންޑިއާ މީޑިއާއިން ފަތުރަނީ ދޮގު: ޕާކިސްތާން

ޕާކިސްތާނުން އިންޑިއާގެ ތިން ސަރަހައްދަކަށް ހަމަލާތައް ދެމުންދާ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ފަތުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާ އިންޑިއާގެ މީޑިއާތަކުން ފަތުރާ އެފަދަ ދޮގު ޕްރޮގެންޑާތައް ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަޝްމީރުގެ ތިން ސަރަހައްދަކަށް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ހަމަލާ ދެމުން ގެންދާ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރަމުންދާ ކަމަށާ އެއީ ޕާކިސްތާނު ބަދުނާމު ކުރުމަށް ރޭވިގެން ހިންގާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އިތުބާރު ހުރި އެއްވެސް މައުލޫމާތެއް ނުހިމަނާ އަދި އެކަށީގެންވާ އެއްވެސް އަސާސެއް ނެތި ޕާކިސްތާނާ ދެކޮޅަށް މިފަދަ ވާހަކަތައް ފެތުރުމުން ދައްކައިދެނީ އިންޑިއާއިން އިސްވެ ދޭން ފެށި ހަމަލާތައް އިތުރުކޮށް ހަމަނުޖެހުން ބޮޑުކުރުން އެ ގައުމުން ގެންގުޅޭ ސްޓްރެޓެޖީ ކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ހުރަސް އެޅި ނުރައްކާ ބޮޑުވެގެންދާ ކަމަށް ވިދާޅުވި އެވެ. 

އިންޑިއާގެ އަސްކަރިއްޔާ ބަޔަކު ހަރަކާތްތެރި ވަނީ 

އިންޑިއާގެ އެ އަމަލުތައް ހުއްޓުވަން ނަސޭހަތްތެރިތެރިވުމަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޕާކިސްތާނުން ބުނެ އެވެ. ޕާކިސްތާނުން ބުނީ އެ ގައުމުން އަބަދުވެސް އިސްކަން ދޭނީ ސުލްހައަށް ކަމަށާ ނަމަވެސް އެ ގައުމަށް ބިރު ދައްކާ އެ ގައުމާއި ގުޅޭ ދޮގު ވާހަކަތަކުން ޕާކިސްތާން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. އަދި އިންޑިއާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ހައްގާއި ގާބިލްކަން ލިބިފައިވާ ކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ.

މައްސަލައިގެ ފެށުން

އިންޑިއާ-ޕާކިސްތާނުގެ ގުޅުން މި ފަހަރު ހީނަރުވެ ހަނގުރާމައެއް ފެށުމުގެ ހާލަތަށް ދިޔައީ މިދިޔަ މަހުގެ ފަހު ހަފްތާގައި ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާތަކަކާއި ގުޅިގެންނެވެ. އިންޑިއާ ބަޔަކު ހިމެނޭހެން 27 މީހަކު މަރުވި މި ހަމަލާތަކުގެ ޒިންމާ އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ބޮލުގައި އަޅުވާފަ އެވެ.

މި ހަމަލާއާ ގުޅިގެން އިސްވެ އިންޑިއާ އިން ވަނީ ޕާކިސްތާނަށް ހަމަލާ ދީފަ އެވެ. އެ ހަަމަލާތަކުގައި ޕާކިސްތާނުގެ އާންމުންތަކެއް މަރުވި އެވެ. އެހެން ކަމުން ބަދަލު ހިފުމުގެ ހަމަލާތަކެއް ޕާކިސްތާނުން ވެސް ވަނީ ދީފަ އެވެ. އެ ހަމަލާތަކުގައި އިންޑިއާގެ ބަޔަކު މަރުވި އެވެ. އަދި އިންޑިއާގެ އަސްކަރީ ބައެއް އުޅަނދުތަކަށް ހަމަލާދީ ވައްޓާލި އެވެ.

ހަމަލާތަކުގައި ޕާކިސްތާނުން 31 އަދި އިންޑިއާއިން 13 މަރު

ޕާކިސްތާނުން ބުނީ އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާނުގެ އާންމުންގެ 31 މީހަކު މަރުވެފައިވާ ކަމަށެވެ.

އަދި އިންޑިއާއިން ބުނާ ގޮތުން ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާގެ 13 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ސިފައިންގެ މީހަކު ވެސް ހިމެނެ އެވެ.

ހަމަނުޖެހުންތައް އަވަހަށް ހުއްޓާލާ ދެ ގައުމު ސުލްހަވުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. ހަތިޔާރުގެ މުއްސަދިކަން އޮތް ދުނިޔޭގެ މި ބާރު ހަނގުރާމައަކަށް ދިއުމަކީ ހުރިހާ ގައުމަކަށް އަސަރު ކުރާނެ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް