މިރޭ ފެށި "މޯލްޑިވްސް 2.0 ސައިޓް" ހުޅުވުމުގެ ރަސްމިއްޔާތު
ހަބަރު
09 May 2025 | 21:49
16،000 ވުރެ ގިނަ މުވައްޒިފުން ގޭަގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރަނީ

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ "ދިވެހިރާއްޖެ 2.0" ގެ ދަށުން ދައުލަތުގެ މުވައްޒިފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒިފުން ގޭގައި ތިބެެގެން މަސައްކަތް ކުރާ ގޮތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަސަންދުރާ ބާސެލޯސް ގައި މިރޭ ފެށި "މޯލްޑިވްސް 2.0 ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ "ދިވެހިރާއްޖެ 2.0" ގެ ދަށުން ގެންނާނެ އެއް ބަދަލަކީ އޮފީސްތަކުގައި ތިބެގެން ޚިދުމަތްދޭން ތިބޭ މީހުންގެ އަދަދު މަދުކުރުން ކަމަށެވެ.

އެ ގޮތުން 2028 ވަނަ އަހަރު އަންނަންވާއިރަށް ގެންނާނެ ބަދަލެއްގެ އަމާޒު އެމަނިކުފާނު ވިދާޅުވި އެވެ.

"...2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ 49,000 މުވައްޒިފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ވޯކް ފްރަމް ހޯމް -- ގޭގައި ތިބެެގެން މަސައްކަތް ކުރާ ގޮތަކަށް ބަދަލު ކުރުން," ރައީސް ވިދާޅުވި އެވެ.

މިރޭ ފެށި "މޯލްޑިވްސް 2.0 ސައިޓް" ހުޅުވުމުގެ ރަސްމިއްޔާތު 

މި ބަދަލާއެކު 16,000 ވުރެ ގިނަ މުވައްޒިފުން ގޭަގައި ތިބެގެން މަސައްކަތް ކުރާ ގޮތަކަށް ބަދަލުކުރާނެ އެވެ. ރައީސް ވިދާޅުވީ އެ މުވައްޒިފުން އެގޮތަށް މަސައްކަތް ކުރާނީ އުސޫލެއްގެ ތެރެއިން ހަފްތާއަކު ވަކި މިންވަރެއް އޮފީހަށް ނިކުމެ މަސައްކަތް ކުރަން ޖެހޭ ގޮތަށް ކަމަށެވެ.

އެ ބަދަލާއެކު މުޅި ގައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަން ފާހަގަ ކުރެއްވި އެވެ. އެ ބަދަލާއެކު ނަތީޖާ ރަނގަޅުވެ ރައްޔިތުންގެ ހައްގުތައްް އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ "ދިވެހިރާއްޖެ 2.0" ގެ ދަށުން އެންމެ އިސްކަން ދޭނީ ކޮރަޕްޝަން ނައްތާލުމަށް ކަމަށެވެ. އެކަން ކުރުމަށް ޚިދުމަތުގެ ނިޒާމު ވަރުގަދަކޮށް ޑިޖިޓަލައިޒް ކުރުން ވަރަށް މުހިންމު ކަމަށެވެ.

ކޮމެންޓް
ޢަލީބެ
މިހާރުވެސް ގިނައީ ގޭގަތިބެ މަސައްކަތް ކުރާމީހުން
11 May 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.