މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 May 2025 | 22:30
އޮތް އެންމެ ބޮޑު ވަބާ އަކީ ކޮރަޕްޝަން، ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ އެވަބާ ނައްތާލުން: ރައީސް

މުޖްތަމައުގެ ތެރޭގައި އޮތް އެންމެ ބޮޑު ވަބާ އަކީ ކޮރަޕްޝަން ކަމަށާ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ވަބާ ނައްތާލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަސަންދުރާ ބާސެލޯސް ގައި މިރޭ ފެށި "މޯލްޑިވްސް 2.0 ސައިޓް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއު "ދިވެހިރާއްޖެ 2.0" އަކީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމުގެ ފެށުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ރާސްތާއަށް ދިއުމަށް ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އަދި ދިވެހި މުޖްތަމައުގައި ހުރި ނުރަނގަޅު އެތައް އާދަތަކެއް ބަދަލު ކުރަަން ޖެހޭ ކަމަށެވެ.

އެމަނިކުފާނުގެ ތަސައްވުރަކީ އަދި އަމާޒަކީ ވަށާޖެހޭ ގޮތަކަށް ހުރިހާ ކަމެއް ރަނގަޅު ކުރުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮތް އެންމެ ބޮޑު ވަބާ އަކީ ކޮރަޕްޝަންގެ ވަބާ. އެއީ ދެބަސް ނުވެވޭނެ ހަޤީޤަތެެއް," މިރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް 

ރައީސް ވިދާޅުވީ ހިދުމަތް ދިނުމުން ފެށިގެން ގޮސް ހުރިހާ ދިމާއެއްގައި ކޮރަޕްޝަންގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ގޮތް ބަދަލުނުކޮށް އެކަން ރަނގަޅު ކުރެވެން ނެތް ކަމުގައި ވިދާޅުވި އެވެ.

https://x.com/thevoice_mv/status/1920887908052910479?t=JHDYEvGOsThxS32TWiIJHw&s=19

ހިދުމަތް ދިނުމުގައި މުވައްޒިފުން ހަރަކާތްތެރިވާއިރު އަމިއްލަ ނަފްސު އިސްކުރެވޭ ކަންކަމުގައި ވަރަށް ގިނަ ފަހަރަށް ގޯސް ހެދޭ ފަހަރު އަންނަ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޑިޖިޓަލައިޒް ކުރެވޭ މިންވަރަކުން ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނެ ކަމަށެވެ.

އެކަން އެންމެ ސާފުކޮށް ފެންނަން އޮތް ގައުމީ މިރޭ ފެށުނު "މޯލްޑިވްސް 2.0 ސައިޓް" ބޭއްވުމަށް އެހީތެރިވެދޭ އެސްޓޯނިއާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ގައުމު މިސާލަކަށް ބަދަލައިގެން ރާއްޖެ ޑިޓިޖަލް ކުުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައިޑީކާޑުގައި ޑިޖިޓަލައިޒް ސާވިސްތައް ހިމެނުން

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށް އެމަނިކުފާނު ފާހަގަ ކުރެއްވީ އައިޑީކާޑުގައި ޑިޖިޓަލައިޒް ސާވިސްތައް ހިމެނުމެވެ. ރައީސް ވިދާޅުވީ އެކަމުން ވަރަށް ގިނަ ފައިދާތަކާއި ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ.

އަދި ސައިބާ ސެކިއުރިޓީ ދާއިރާ ވަރުގަދަ ކުރުމާއި ޚިދުމަތުގެ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޚިދުމަތުގެ ނިޒާމު ވަރުގަދަ ކުރުމުން ނަތީޖާ ހާސިލު ކުރެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.

"މި މަޝްރޫއު މި ފަށަނީ މި ގައުމަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ މައުލޫމާތު ފަސޭހައިން ލިބޭ ޒިންމާދާރުކަމާއެކީ ހިދުމަތްދޭ ވަރަށް އަވަހަށް އަވަސް މިނުގައި ހިދުމަތްދޭ ގައުމަކަށްވުމުގެ އަޒުމުގައި," ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމެއް ކުރިއަށް ގެންދަން ބޭނުން ވަނީ ހަމައެކަނި ބޮޑެތި އިމާރާތްތަކެއް ނޫން ކަމަށެވެ. ގައުމެއްގެ ކުރިއެރުމަށް އަތްލެވޭ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ހުންނަން ޖެހޭ ކަމަށާ އެކަން ވަރަށް މުހިންމު ނަމަވެސް އެއާއެކު އެ މިންވަރަށް މުހިންމު އެހެން ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކޮރަޕްޝަން ނައްތާލާ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ދެފުށް ފެންނަ ނިޒާމެއް އޮތް ގައުމަށް ރާއްޖެވުން މުހިންމު ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.