މިރޭގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 May 2025 | 23:12
ބޭނުންވަނީ މައުލޫމާތު ފަސޭހައިން ލިބޭ ގައުމަށް ރާއްޖެވުން، ޕްރެސް ފްރީޑަމްގައި އެތައް ދަރަޖައެއް މަތިވުން: ރައީސް

ބޭނުންފުޅު ވަނީ ރާއްޖެ އަކީ މައުލޫމާތު ފަސޭހައިން ލިބޭ ގައުމަށް ވުމާއެކު ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖެ އެތައް ދަރަޖައެއް މަތިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް 2.0 ސަމިޓް އިފްތިތާހުކުރުމަށް މިރޭ ނަސަންދުރާ ބާސެލޯސް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު އަކީ ރާއްޖެ އަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ މައުލޫމާތު ފަސޭހައިން ލިބޭ ގައުމަކަށް ހެދުމުގެ އުންމީދުގައި ފެއްޓެވި މަޝްރޫއުއެއް ކަމަށެވެ.

އަދި ރާއްޖެއަކީ ޒިންމާދާރު ކަމާ އެކީ ހިދުމަތްދޭ ވަރަށް އަވަހަށް އަވަސް މިނުގައި ހިދުމަތްދޭ ގައުމަކަށްވުމުގެ އަޒުމުގައި ފެއްޓެވި މަޝްރޫއުއެއް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ބޭނުން ދިވެހިރާއްޖެ ވެސް އެތައް ދަރަޖައެއް މައްޗަށް ކުރިއަށް އޮތް އަހަރުތަކުގައި ގެންދަން. މައުލޫމާތު ހިއްސާކުރުމާއި މައުލޫމާތު ލިބި ދިނުމުގައި, ޕްރެސް ފްރީޑަމްގައި އެތައް ދަރަޖައެއް ރާއްޖެ ރަނގަޅު ކުރުމަށް މަތި ކުރަން އަޅުގަނޑު ބޭނުން," ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް 

މިރޭ ފެށުނު މަޝްރޫއުއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އެސްޓޯނިއާ އަކީ ޕްރެސް ފްރީޑަމްގައި ދެ ވަނައަށް އޮތް ގައުމުކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަން ހާސިލު ކުރުމުގައިވެސް ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އަދި ދިވެހިރާއްޖެވެސް އެހަރުފަތާ ހިސާބަށް ގެންދިއުމަށް، މައުލޫމާތު ފޯރުކޮށްދިނުމުގައި އަދި މައުލޫމާތު ލިބިދިނުމުގައި ޒިންމާ ދާރުކޮށް އަވަސް މިނުގައި ހިދުމަތްދޭ ތަނަކަށް ހެދުމަށް ޑިޖިޓަލައިޒޭޝަންގެ ފުރިހަމަ ބޭނުންކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އެންމެ މައިގަނޑު އެއް މަގްސަދަކީ މި ގައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.