ރޮބޯމޭން ކުޑަކުދިންގެ އިވެންޓެއްގައި... ފޮޓޯ: ރޮބޯމޭން
ހަބަރު
10 May 2025 | 08:43
މިއަދު ހަވީރު ހިޔާ ޕާކުގައި އޮންނަ ކުޑަކުދިންގެ ހަވީރަށް "ރޮބޯމޭން"

ކުޑަކުދިންގެ ދުވަހާ ގުޅިގެން ހުޅުމާލެ ފޭސް 2 ހިޔާ ޕާކުގައި މިއަދު އޮންނަ ކުޑަކުދިންގެ ހަވީރުގައި، ކުޑަކުދިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ، ރޮބޯމޭން ބައިވެރިވާނެ ކަމަށް އެ އިވެންޓް އިންތިޒާމްކުރާ ޓީމުން ބުނެފިއެވެ.

މި ހަވީރަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ.

މިއަދުގ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ފޭސް 2 ހިޔާ ޕާކު އަދި ރުއްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރުގައި ރޮބޯމޭންގެ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެ ކަމަށް ސޯޝަލް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމާއި، ރޮބޯމޭނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ހިމެނެއެވެ. އަދި މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރޮބޯމޭންގެ އިތުރުން، ކުދިން ޝައުޤުވެރިވާނެ ގިނަ ކުޅިވަރުތަކެއް މި ހަވީރުގައި ހިމެނޭނެއެވެ. މީގެ ތެރޭގައި ބައުންސިން ކާސަލް، ވޮކްއަމޯލް، ފޯމް ޕާޓީ އަދި ހޯސް ރައިޑިންގ ފަދަ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުންވެސް ކުދިންނަށް އުފާވެރިކަން ގެނެސްދޭނެ އެހެނިހެން ކުޅިވަރުތައް މި ހަވީރުގައި ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.

ސޯޝަލް މިނިސްޓްރީ އަދި އެޗްޑީސީންވެސް ބުނެފައިވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަވީރަކީ ކުދިންނަށް ވަރަށް އުފާވެރިކަން ގެނެސްދޭނެ އަދި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ޚާއްސަ ހަވީރަކަށް ވެގެންދާނެކަމަށެވެ. އަދި ވީހާވެސް ގިނަ ކުދިން އާއިލާތަކާއެކު މި ހަރަކާތުގައި ބައިވެރިކޮށްދިނުމަށް އެ ފަރާތުންވަނީ އެފިދައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.