ޢާއިޝަތު ޝިހާމް
ހަބަރު
10 May 2025 | 09:46
މައިންބަފައިން ކުދިންނާއެކު ހޭދަކުރާ ވަގުތުތަކަކީ، ކުދިންގެ ސަހުސިއްޔަތު ބިނާކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަން: ވަޒީރު

މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކާއި، ކުދިންނާއި ބާއްވާ ގާތް ގުޅުމަކީ، އެކުދިންގެ ސަހުސިއްޔަތު ބިނާކުރުމަށް އަސާސީ ދައުރެއް އަދާކުރާ ކަންކަންކަމުގައި އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވާފައިވާފައިވާ ޚާއްސަ މެސެޖެއްގައެވެ.

މިއަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 'އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން' އެވެ. މި ޝިއާރަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ، އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ، ތަޢުލީމީ އިޖުތިމާޢީ އަދި ނަފްސާނީގޮތުން ކުރިއަރާފައިވާ ކުދިންނަށް ވެގެންދޭކަމަށެވެ. މިފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށްވުމަށް މަގުފަހިކޮށްދޭކަމަކަށެވެ.

މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަން 

މިނިސްޓަރު ވިދާޅުވިއެވެ

އޭގެ އިތުރުން ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅާލުމާއި، އެހީތެރިކަމާ ހިތްވަރަކީ ކުދިންގެ އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަންކަމުގެ ގޮތުގައި އެކަމަނާގެ މެސުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ޑރ ޢައިޝަތު ޝިހާމް ވަނީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުޖުތަމައުގެ އެކި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އެންމެން ވެސް ސާބިތުކަމާއެކު މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.