ދައުލަތުގެ ޓެކްސް އިދާރާ... ފޮޓޯ: މީރާ
ހަބަރު
10 May 2025 | 12:01
އޭޕްރިލްމަހު މީރާއަށް 2.60 ބިލިއަން ރުފިޔާ ބަލައިގަނެފި

ހުސްވި އޭޕްރިލްމަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އާމްދަނީގެ ގޮތުގައި 2.60 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާއިން ނެރެފައިވާ އާމްދަނީ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު، މިއަހަރުގެ އޭޕްރިލްމަހު އެއޮތޯރިޓީއަށް ބަލައިގަތް އާމްދަނީ ވަނީ 22.7 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ އޭޕްރިލްމަހު އާމްދަނީގެ ގޮތުގައި މީރާއަށް 2.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަުގައި ބަލައިގަނެފައިވަނީ، 1.6 ބިލިއަން ރުފިޔާއެވެ.

އޭޕްރިލްމަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވަނީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗްމަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %4.8 އިތުރުވެފައިވުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި އަދި މިދިޔަ ޑިސެންބަރުމަހުން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީވެސް އޭޕްރިލްމަހުގެ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައްކަމަށް މީރާއިން ފާހަގަކުރެއެވެ.

އޭޕްރިލްމަހު އެންމެގިނައިން އާމްދަނީ ލިބުނީ:

- ޖީއެސްޓީ: 1.65 ބިލިއަން ރުފިޔާ

- ގްރީން ޓެކްސް: 226.7 މިލިއަން ރުފިޔާ

- އާމްދަނީން ނަގާ ޓެކުހުން: 176.5 މިލިއަން ރުފިޔާ

- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 155.3 މިލިއަން ރުފިޔާ

- ޑިޕާޗާ ޓެކްސް: 153.2 މިލިއަން ރުފިޔާ

- ޓޫރިޒަމް ލޭންޑް ރެންޓް: 9.4 މިލިއަން ރުފިޔާ

އޭޕްރިލްމަހުގެ ތެރޭގައި އަންދާޒާ ކުރިވަރަށްވުރެވެސް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު، ހުސްވި އޭޕްރިލްމަހު ލިބޭނޭކަމަށް އަންދާޒާކުރި އާމްދަނީ ވަނީ 1.6 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓު ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން މިއަހަރުގެ ޖެނުއަރީމަހު ލިބިފައިވާ އާމްދަނީގެ 14.8 އިންސައްތަ އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބުކަމަށް މީރާއިން ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.