އާދަމް ޝަރީފް
ހަބަރު
10 May 2025 | 13:41
ކޮރަޕްޓް ސިޔާސީ މީހުން ގިނަވުމަކީ، ކޮރަޕްޝަން ހުއްޓުވުމަށް އޮތް ގޮންޖެހުމެއް: އާދަމް ޝަރީފް

ކޮރަޕްޓް ސިޔާސީ މީހުން ގިނަވުމަކީ، ކޮރަޕްޝަން ހުއްޓުވުމަށް އޮތް ގޮންޖެހުމެއްކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖެ ޑިޖިޓަލް ކުރުމަށް އިއްޔެ ފެށި މޯލްޑިވްސް 2.0 އާ ގުޅިގެން އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ކިޔަމުންގެންދާ ފާޑުކިޔުންތަކާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮރަޕްޝަން ނައްތާލުމަށް މަސައްކަތެއް ފަށާއިރަށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެ ކަމަށް ސުވާލު ކުރައްވާފައެވެ.

ރައީސްގެ ޕޯސްޓް ޝެއާކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެ މަސައްކަތް ކުރުމަކީ އުއްމީދު އާލާވާ ކަމެއް ކަމަށާއި، ކޮރަޕްޝަން މަދުކުރުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ކޮރަޕްޓްވެފައިތިބި ސިޔާސީ މީހުން ގިނަވުމާއި ސިސްޓަމްތައް ކޮރަޕްޓްވުން ކަމަށެވެ. މިިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަން މަދުކުރާނޭކަން ޔަގީންކަމަށެވެ.

މޯލްޑިވްސް 2.0 އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، މުޖްތަމައުގެ ތެރޭގައި އޮތް އެންމެ ބޮޑު ވަބާ އަކީ ކޮރަޕްޝަން ކަމަށާ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ވަބާ ނައްތާލުން ކަމަށެވެ. ރައީސް ވިދާޅުވީ، ހިދުމަތް ދިނުމުން ފެށިގެން ގޮސް ހުރިހާ ދިމާއެއްގައި ކޮރަޕްޝަންގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ގޮތް ބަދަލުނުކޮށް އެކަން ރަނގަޅު ކުރެވެން ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް 2.0 ވުޖޫދުވުމާއެކު ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކޮށް އެއް ފުރާޅެއްގެ ދަށުން ދެވޭނެއެވެ. މި ނިޒާމުގެ ދަށުން ހަމަހަމަކަމާއެކު ސަރުކާރުގެ ހިދުމަތްތައް ހޯދުމަށް މަގުފަހިވެގެންދާއިރު، ވަކި ރައްޔިތެއް އިސްތިސްނާ ކުރުމެއްނެތި އަދި ވަކި ރައްޔިތަކަށް ވަކި ހާއްސަކަމެއްނެތި ހިދުމަތްތައް ދިނުމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް ޑިޖިޓަލްކޮށް ސަރުކާރުގެ ހިދުމަތްތައް ދޭއިރުވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކުރިންވެސް އޮންނަ ހާއްސަ އުސޫލްތަކުގެ ތެރެއިން ހިދުމަތްތައް ލިބިގެންދާނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.