ނިލަންދޫން ކަރަންޓު ކެނޑިފައި!

15 May 2019 | 01:29

ފ. ނިލަންދޫގައި މިއަދު ހެނދުނު 10:30 ފެށިގެން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެއެވެ.

ނިލަންދޫ ކައުންސިލް އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ހެނދުނު އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުން ދާ ތިން އިންޖީނުގެ ތެރެއިން 400 ކިލޯވޯޓުގެ އިންޖީނުގެ ޑައިނަމޯ ހަލާކުވެފައިވާކަމަށާއި އަނެއް ދެ އިންޖީނު މެދުވެރިކޮށް އެއްކޮށް ޕެނަލުން ކަރަންޓް ދެވޭގޮތް ނުވާކަމަށެވެ.

ވަގުތީ ހައްލެއްގޮތުން މިވަގުތު ދަނީ ރަށުގެ 400 ކިލޯވޯޓް ގެ އެއް ޖަނަރޭޓަރުން ހަތަރު ގަޑިން ހަތަރު ގަޑިން އަވަށް ބަހައިގެން ކަރަންޓު ދެމުންކަމަށް ނިލަންދޫ ކައުންސިލުން ހާމަކުރައްވައެވެ.

މައްސަލަ ޖެހިފައިވާ އިންޖީން ގެ މޯޓަރު ހެދުމަށްޓަކައި މިހާރު ވަނީ މާލެ ފޮނުވާފައި ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް މައްސަލަ ހައްލުވެ ރަށް މޯޓަރު ގެނެވޭވަރުވާނީ ހަފްތާއެއްފަހުން ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލް ރައީސް ޖަލީލު ވިދާޅުވީ ރައްޔިތުންގެ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކުރުމަށް މިރޭ ފެނަކައިގެ ބޭފުޅުންނާ މަޝްވަރާ ކުރި ކަމަށެވެ. އަދި ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ޖަލީލު ވިދާޅުވި އެވެ.

"ކަރަންޓު މައްސަލައަށް ހައްލު އަންނީ ފެނަކައިގެ ދަށަށް އިންޖީނުގެ ބަދަލު ކުރެވިގެން ކަމަށް ގަބޫލު ކުރެވޭ." ޖަލީލު ވިދާޅުވި އެވެ.

ނިލަންދޫގައި 250 ގެ ހުރެ އެވެ. މިހާރު ކަރަންޓު ދެވެމުން އަންނީ ކޮންމެ ގަޑިއިރަކަށް 62 ގެ އަށެވެ.

Advertisement

ކޮމެންޓް