އައިޖީއެމްއެޗްގެ ރަޖިސްޓާޑް ނާސް އަހްމަދު އަަމަން
ރިޕޯޓް
12 May 2025 | 19:25
ދަރިފުޅަށް ކުރިމަތިކުރި ފުރައްސާރައާ ދެކޮޅަށް މަންމަ، ބުލީކޮށްގެން ނުސިހޭނެ

މިއަދަކީ ނަރުހުންގެ ދުވަހެވެ. ރެއާއި އިއްޔެ ވަރަށް ގިނަ ޓީވީ ޗެނަލްތަކުގެ ގިނަ ޕްރަގްރާމްތައް ހާއްސަ ކޮށްފައި އޮތީ ނަރުހުންނަށެވެ. ނަރުހުންގެ ހިދުމަތަށެވެ. ނަރުހުންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ތަފާތު ޕްރަގްރާމްތަކާއި ހަރަކާތްތަކުގެ މައުލޫމާތު ދިނުމަށެވެ.

އެ ޕްރޮގްރާމްތަކުގެ ތެރެއިން "މެންދުރު" ޓީވީން ގެނެސްދިން ޕްރަގްރާމެއްގައި އައިޖީއެމްއެޗްގެ ރަޖިސްޓާޑް ނާސް އަހްމަދު އަމާން ވަނީ ނަރުހުންގެ ދުވަހެއް ފާހަގަ ކުރުމުން ނަރުހެއްގެ ހައިސިއްޔަތުން ކުރެވޭ އިހްސާސްތައް ކިޔައިދީފަ އެވެ. އެ ޕްރޮގްރާމްގައި އަމާން ދެއްކި އެ ވާހަކަތައް އެ ޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވަކީން ހިއްސާކުރި އެވެ.

އަމާން ބައިވެރިވި އެ ޕްރޮގްރާމް ބެލީ މަދު ބައެއް ނަމަވެސް އޭނާގެ ވާހަކަތައް ހިމަނައި ހިއްސާކުރި ކުރު ވީޑިއޯކޮޅު ވަރަށް ބޮޑަށް ވައިރަލްވި އެވެ. 24 ގަޑިއިރު ނުވަނީސް ލައްކައަކަށް ވުރެ ގިނަ މީހުން އެ ވީޑިއޯ ބެލި އެވެ.

އެ ވީޑިއޯ ބެލި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކި ވާހަކަތައް ހިމަނައި ކޮމެންޓް ކޮށްފައިވެ އެވެ. ފުރަތަމަ މުޅިން ވެސް ކޮށްފައި ހުރީ ވަރަށް ނެގެޓިވް ކޮމެންޓްތަކެވެ. ވަރަށް ޒާތީ, ދެރަވަރު ކޮމެންޓްތަކެވެ. އަމާން ވާހަކަ ދައްކާ ގޮތާމެދު ފުރައްސާރަކޮށް ކޮށްފައިވާ ކޮމެންޓްތަކެވެ. އެ ނޫންވެސް ވަރަށް ހުތުރު ކޮމެންޓްތައް ވެސް ކޮށްފައި ހުއްޓެވެ.

ބައެއް މީހުން އެ ކޮމެންޓްތަކަށް ލާފް ރިއެކްޓްކޮށް އެ ވާހަކަތަކާ ބައިވެރިވެފައިވެ އެވެ.

ނަމަވެސް އަމާންގެ ދިފާއުގައި އޭނާގެ މަންމަ ތެދުވެ އެ ވީޑިއޯއަށް ކުރި ކޮމެންޓާއެކު ފުރައްސާރައިގެ ކޮމެންޓްތަކަށް ނިމުން އައެވެ. ދެން ފުލުފުލުގައި އަންނަން ފެށީ ޕޮޒިޓިވް ކޮމެންޓްތަކެވެ.

އަމާންގެ މަންމަ, ރާބިއާ މުހައްމަދު, އޭނާގެ ދަރިފުޅާމެދު އިންތިހާއަށް ފަހުރުވެެރިވެ އެވެ. ދަރިފުޅު މިއަދު ގޮސްފައިވާ ހިސާބާމެދު އުފާކުރެ އެވެ. ރާބިއާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު މިއަދު ހުރި މަގާމަށް ގޮސް އެ ހުރީ ވަރަށް ސާބިތު ކަމާއެކު އެވެ. މީހަކު ކިޔާފާނެ އެއްޗަކަށް ބެލުމެއް ނެތި އެވެ. އަދި މީހުން ދިމާކޮށް ފުރައްސާރަ ނުކުރާނެ ކަމަކަށް ބަލައިގެނެއްވެސް ނޫނެވެ. 

ގޮތެއް ނެތް މީހުންގެ ފުރައްސާރަ އައިމަންއަށް ކުރިމަތިވާނެ ކަން ރާބިއާ އަބަދުވެސް ދަނެ އެވެ.

އަޅުގަނޑުގެ ދަރިފުޅު މިއަދު އެ މަގާމުގައި އެ އިނީ ވަރަށް ސާބިތުކަމާ އެކު. މީހަކު ކިޔާފާނެ އެއްޗަކަށް ބެލުމެއް ނެތި. އަދި އެއްޗެހި ކިޔާ މީހުން އެއްޗެއް ނުކިޔާނެ ކަމަކަށްވެސް ނޫން

ރާބިއާ އިބްރާހިމް - އަމާންގެ މަންމަ

އެެހެންވީމަ އޭނާގެ ދަރިފުޅަށް ފުރައްސާރަކޮށް ކޮށްފައިވާ ކޮމެންޓްތަކުން ރާބިއާ ހައިރާނެއް ނުވެ އެވެ. އެފަދަ ކަންކަން ކުރާނެ މީހުން މި މުޖްތަމައުގައި އުޅޭކަން އެ ދެމައިން ވެސް ރަނގަޅަށް ދަނެ އެވެ.

ރާބިއާ އިތުރަށް ބުނެފައިވަނީ ބުލީ ކުރުމަކީ އަމާން އަށް އާ ކަމެއް ނޫންކަމަށެވެ. އެއީ އަމާން މާކުރީން ފެށިގެން ތަޖުރިބާ ކޮށްފައިވާ ހިތި އެހެނަސް ހަގީގަތެވެ. އަދި މިއަދު ހުރި ހިސާބަށް އޭނާ ދިޔައީ ބުލީ ކުރުމާއި ހަނގާކުރުމާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށް ރާބިއާ ބުންޏެވެ.

ރާބިއާއަށް އޭނާގެ ދަރިފުޅާ މެދު ފުރިހަމަ އިތުބާރު އެބަ އޮތެވެ. އޭނާ ބުނާ ގޮތުން އެފަދަ ފުރައްސާރަ އިން މިއަދު އަމާން ފަހަތަށް ނުޖެއްސޭނެ އެވެ. ހަރުބަހެއް ބޭނުން ކޮށް ރާބިއާ ބުނީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށެވެ.

ބުލީ އަކީ އަޅުގަނޑުގެ ދަރިފުޅަށް އާ އެއްޗެއް ނޫން. އެހާ ހިސާބަށް ދެވުނީވެސް ބުލީ ކުރުމާ ހަނގުރާމަ ކުރަމުން. މިއަދަކު ނުސިހޭނެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ

ރާބިއާ އިބްރާހިމް - އަމާންގެ މަންމަ

އޭނާގެ މި ކޮމެންޓަށް އެކަނިވެސް 1،200 މީހުން ލައިކް ކޮށްފަ އެވެ. އަދި ދަރިފުޅަށް ކުރި ފުރައްސާރައާ ދެކޮޅަށް މަންމަ ނިކުމެ ދެއްކި ހިތްވަރު އެތައް ބަޔަކު ފާހަގަކޮށްފައިވެ އެވެ.

އަދި ބުލީ ކުރާ މީހުން ފަހަތަށް ޖެއްސޭނީ ހިތްވަރާއެކު އެހެން މީހުން ނިކުމެ އެ މީހުންގެ ވާހަކަތަކާއި ދެކޮޅަށް ސާބިތުކަމާއެކު ރައްދު ދިނުމުން ކަން ފާހަގަކޮށް ބައެއް މީހުން ކޮމެންޓް ކޮށްފައިވެ އެވެ.

ބުލީ ކުރުން, ހީވެސް ނުކުރާހާ ނުރައްކާތެރި ކަމެއް

ބައެއް މީހުން, ފުރައްސާރަ ކުރަނީ އެއީ ވަރަށް އާދައިގެ ކަމެއް ކަމުގައި ދެކިގެންނެވެ. ބައެއް ފަހަރު އެތައް ބަޔަކު އެކުވެ އެ މީހުން ހިތްހަމަ ނުޖެހޭ ކުއްޖަކު / މީހަކު ބުލީގެ ޝިކާރައަކަށް ހަދާލާ އެވެ. 

މިއީ ސުކޫލު މާހައުލާއި މުޅި މުޖްތަމައުގައި ވެސް އޮތް ބޮޑު ބަލިމަޑުކަމެކެވެ. މިކަން އޮތީ ވަކި ބައެއްގެ ތެރޭގައޭ ވެސް ނުބުނެވޭ ވަރަށް މި ބަލިމަޑުކަން އޮތީ ބޮޑުވެފަ އެވެ. 

ބުލީ ކުރުމަކީ ސަޅި ކަމެއް ނޫނެވެ. އަދި ކިއެއްތަ! އެއީ އިންތިހާ ނުރައްކާތެރި ކަމެކެވެ. އެކަމުގެ އާހިރު ނަތީޖާ އިން މީހަކު މި ދުނިޔެއާ ވަކިކޮށްލާފަދަ ނުރައްކާތެރި ކަމެކެވެ. ބުލީގެ ޝިކާރައަށް ވެ އެތައް ކުދިންނެއްގެ ކިޔެވުން ވަނީ ގެއްލިފަ އެވެ. އެތައް ބަޔަކު ތިބީ ވަޒީފާ ދޫކޮށް ގޭގަ އެވެ. މުޖްތަމައުއަށް ނިކުންނަން ބިރުގަންނަ ދަރަޖައަށް ގޮސްފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. ބުލީގެ ސަބަބުން ނަަފްސާނީ ބަލީގެ ޝިކާރައަށް ހުށައެޅި އަމިއްލަ ނަފްސާއި ދިިރިއުޅުމާމެދު އިތުބާރު ގެއްލި މާޔޫސްވެ ހަޔާތާއިމެދު އުންމީދު ގެއްލިފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ.

ބައެއް މީހުން، އެ މީހުންގެ އަމިއްލަ ނަފްސަށް ގެއްލުންދީފައިވެސް ވެ އެވެ.

އެހެން ކަމުން ތިމާއާ އެ ހާލަތު ބައްދަލުކުރުމުގެ ކުރީން ނުވަތަ ހިތާމަވެރި ހާދިސާއެއް މެދުވެރިވުމުގެ ކުރީން ބުލީ ކުުރުން ހުއްޓާލަން ޖެހެ އެވެ. ތިމާގެ ފަރާތުން އެހެން މީހަކަށް ފުރައްސާރަ ނުކުރުމަށް އަޒުމް ކަނޑައަޅަން ޖެހެ އެވެ.

ހިތްވަރާއެކު މުޖްތަމައުއަށް ނިކުމެ ޒިންމާދާރު މަގާމުތަކުގައި ތިބެ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރަމުންދާ އަމާން ފަދަ ކޮންމެ މީހަކަށް ހިތްވަރު ދޭން ޖެހެ އެވެ. އެންމެންގެ ސިފަ އެއްގޮތެއް ނުވާނެ އެވެ. އަޑު އެއްގޮތެއް ނުވާނެ އެވެ. ކުރާ މަސައްކަތް ވެސް އެއްގޮތެއް ނުވާނެ އެވެ.

އެ ތަފާތު ތަކާއެކު އަހަރެމެން އެންމެންނަކީ އިންސާނުން ކަމާއި މުސްލިމުން ކަމުގައި ދެކި މި ނުބައި އާދަ ދޫކޮށްލަން ޖެހެ އެވެ.

ކޮމެންޓް
ޢަހުމަދު ރަޝީދު
ޢަމަންއަށްޓަކާ އަޅުގަނޑުމެން ފަހުރުވެރިވަން، އަމަންއަށް ބާއްޖެވެރި ދުވަސްތަކެއް ދެއްވާށެވެ. އާމީން
12 May 2025
ބަޗީ
ފުރައްސާރަ އިގެ ހަގީގަތަކީ އެކަން ކުރަނީ ޖާހިލު ވެފައި ނަފްސާނީ ބަލި މީހުން. އެފަދަ މީހުން ފަރުވާ ހޯދުމަށް ނަސޭހަތްތެރިވަން.
13 May 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.