ދަރިވަރުން ތަކެއްގެ ގްރެޖުއޭޝަން: ފޮަޓޯ/ މަތީ ތައުލީމާ ބެހޭ ވުޒާރާ
ހަބަރު
13 May 2025 | 09:49
މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޚާއްސަ އެޕެއް ފަރުމާކުރަނީ

މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށާ އެކަންކަމަށް އަވަހަށް ޖަވާބުދާރީވުމަށް ޚާއްސަ އެޕެއް ތައްޔާރުކުރަމުންދާ ކަމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ލޯނާއި ގުޅިގެންނާއި އެނޫންވެސް ކިޔެވުމާއި ގުޅުން ހުރި ކަންކަމާއި ގުޅިގެން ދަރިވަރުން މިނިސްޓްރީއަށް ގުޅުމުން އަދި މެއިލް ކުރުމުންވެސް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ އެ ދަރިވަރުން ކުރާ ކަން ފާހަގަކުރައްވައި އެކަން ހައްލު ކުރުމަށް ކުރައްވާ މަސައްކަތާއި ގުޅޭ ގޮތުން ވަޒީރު ހައިދަރާ ސުވާލު ކުރައްވާފައެވެ.  

އެ ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ގުޅައިގެންނާއި މެއިލް މެދުވެރިކޮށް ނޫން އިތުރު ގޮތް ގޮތުން ދަރިވަރުންނަށް އެ ވުޒާރާއާ މުޢާމަލާތް ކުރެވޭނެ މަގުތައް ފަހި ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. 

އެގޮތުން މިހާރު އެ ވުޒާރާގެ ވަޓްސްއަޕް ނަންބަރެއް ތަޢާރަފް ކޮށްފައިވާ ކަމަށާ ، އަދި 50 ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޤައުމުތަކަށްވެސް ވަކިން ޚާއްސަ ވަޓްސްއަޕް ނަންބަރެއް ކަނޑައަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ، މިހާރު ތަޢާރަފް ކުރެވިފައިވާ ވަޓްސްއަޕް ނަންބަރަށް ގުޅުމުން އަދި މެސެޖު ކުރުމުން ވަގުތުން ޖަވާބު ދެމުންދާކަން ދަރިވަރުންގެ ފަރާތުން މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

ދެން ހަމަ އެއާއެކުގައި އަޅުގަނޑުމެން އެބަ ތަޢާރަފްކުރަން ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމްކިޔާ އެޕެއް. އެ އެޕާއެކު އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރުވަރުންގެ ރިކުއެސްޓް ތަކަށް ނޫނިއްޔާ ކޮމްޕްލެއިންސް ތަކަށް އެޑްރެސް ކުރެވޭނެ.

ވަޒީރު ޑރ ޢަލީ ހައިދަރު އަޙްމަދު

ވަޒީރު ވިދާޅުވީ އެ އެޕްލިކޭޝަންގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.