ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާން-
ހަބަރު
13 May 2025 | 12:38
ކޮމިޓީން ޒީނާއަށް އެއްވަނަ ދިން ނަމަވެސް، މަޖިލީހުން ފާސްކުރީ ރިލްވާން ބްރޯޑްކޮމް އަށް އައްޔަންކުރަން!

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާން އައްޔަނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުގެ 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސް ވަނީ އެ ނަންތައް ތަރުތީބު ކުރައްވާ އެންމެ އިސްކަންދޭ ބޭފުޅުން ފާހަގަ ކުރައްވާ މަޖިލީހަށް ފޮނުވާފަ އެވެ. މަޖިލީހުގެ ކޮމެޓީގައި އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމީ ފަސް ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާށެވެ.

އެގޮތުން ކޮމިޓީން މާކްސް ދީފައިވަނީ؛ 

ޒީނާ ޒާހިރު - 85 އިންސައްތަ

އާއިޝަތު ޝިޔާނާ - 83 އިންސައްތަ

ޝިމްލާ އަހުމަދު - 82 އިންސައްތަ

މޫސާ ރިލްވާން - 81 އިންސައްތަ

ޒަމްއަތު އަހުމަދު ވަހީދު - 77 އިންސައްތަ

މަޖިލީހުގެ ތަޅުމުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ އެންމެ ގިނަ މާކްސް ލިބުނު ޒީނާ ޒާހިރު މަގާމަށް އައްޔަން ކުރުމާމެދު މެންބަރުންގެ ރުހުން ހޯދުމަށެވެ. ޒީނާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ބާކީ 52 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ.

އެއަށްފަހު ލިސްޓުގެ ދެވަނައިގައި އިން ޝިޔާނާ އައްޔަނުކުރަން ފެންނަ ކަމާމެދު ވޯޓަށް އެހުމުން އޭނާ އއައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބާކީ 55 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ.

މީގެ އިތުރުން ލިސްޓުގެ ތިންވަނައިގައި އިން ޝިމްލާ އައްޔަނުކުރަން ފެންނަ ކަމަށް  14 މެންބަރުން ވޯޓު ދެއްވި އިރު، އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ.

ލިސްޓުގެ 4 ވަނައިގައި އިން ރިލްވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.