ފުލުހުން ހައްޔަރު ކުރި ޝަހާދަތު ހަސަން
ހަބަރު
13 May 2025 | 17:03
ގާނޫނާ ހިލާފަށް ބިދޭސީން ގެންނަ މީހެއް; ދިވެހީންގެ ނެޓްވޯކެއް، އެކައުންޓްގައި 8 މިލިއަން

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ރާއްޖެ ގެނެސް ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށް އެ މައްސަލައާ ގުޅުންހުރި ދިވެހީންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޝަހާދަތު ހަސަން ނަމަކަށް ކިޔާ ބަންގާޅު މީހަކު ހައްޔަރު ކޮށް އޭނާގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ރާއްޖެ ގެނެސް ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދާ މަނީލޯންޑަރިންގެ އަމަލުތައް ހިންގުމެވެެ.

މި މައްސަލާގައި ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ވަނީ ނަގާފަ އެވެ. އަދި ބިދޭސީ މީހާގެ މޯބައިލްފޯނާއި އިލެކްޓްރިކް ޑިވައިސްތައް ހިފަހައްޓާ ހެއްކާއި ގަރީނާ ވަނީ ހޯދާފަ އެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށާ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވާަފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖެ އަންނަނީ އޮފީސް ބޯއީއަކަށް, އުޅެނީ ލަގްޒަރީ ދިރިއުޅުމެއް

ފުލުހުން މިއަދު ބުނީ ޝަހާދަތު ހަސަން ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެފައިވާ ކަމަށެވެ. އޭނާ ފުރަތަމަ ރާއްޖެ އައީ 2014 ވަނަ އަހަރު އެވެ. އަދި 2019 ވަނަ އަހަރު މާލެ އައިސް ބެންކު އޮފް މޯލްޑިވްސްގައި ހަތަރު އެކައުންޓެއް އޭނާ ހުޅުވާފައިވާ ކަމަށެވެ.

އަދި ބުނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އޭނާގެ އެކައުންޓްތަކަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެ ދައުރުކޮށްފައިވާ ކަމަށެވެ.

ޝަހާދަތު އެންމެ ފަހުން ރާއްޖެ އެތެރެވީ އޮފީސް ބޯއީއެއްގެ ވަޒީފާއަށް ނަމަވެސް އޭނާއަށް 3,000 ޑޮލަރުގެ ބޮޑު މުސާރަ ލިބޭ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ. އަދި އޭނާ އުޅެމުން ގެންދިޔައީ 18,000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ގައި ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ޝަހާދަތުގެ ލެޕްޓޮޕުން މައްސަލައާ ގުޅޭ ވަރަށް ގިނަ ލިޔުންތަކާއި އެކި ކުންފުނިތަކުގެ ސްޓޭޕާއި ދިވެހީންގެ އައިޑީކާޑު ކޮޕީތައް ފެނިފައިވާ ކަމަށެވެ.

"މިތަކެތި ފެނިފައިވުމުން ތަހުގީގަށް ހާމަވާ ކަމަކީ ޝަހާދަތު ޙުސައިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ރާއްޖެ އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ ފަރާތެއްްކަން," ފުލުހުން މިއަދު ބުންޏެވެ.

އިމިގްރޭޝަން މުވައްޒިފުންނާއި ދިވެހީންގެ ބައިވެރިވުން

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދާފައިވާ މައުލޫމާތުން މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން އެތެރެކޮށް މާލީ މަންފާ ހޯދަމުންދާ ނެޓްވޯކެއް ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ނެޓްވޯކުން އެކި ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ މީހުން މާލެތެރެއަށް ދޫކޮށްލާފައިވެ އެވެ. އަދި ސައްހަ ނޫން ވޯކްޕާމިޓް ހަދާ ބަންގްލަދޭޝްގައި ތިބޭ މީހުންނަށް ފޮނުވާ ޝަހާދަތު ބުނާ އެކައުންޓަކަށް ފައިސާ ޖަމާކުރަން އަންގާ ކަމަށް ބުނެފައިވެ އެވެ.

މި ކަމުގައި ދިވެހީންގެ ގިނަ ބަޔަކާއި އިމިގްރޭޝަންގެ ބައެއް މުވައްޒިފުންގެ ބައިވެރިވުން އޮތް ކަަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"ޝަހާދަތު ހުސައިން މި މަަސައްކަތް ކުރަމުން މިގެންދަނީ ދިވެހީންގެ ގިނަ ބަޔަކާއި މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި ގުޅިގެން ކަން ޝަހާދަތު ހުސައިންގެ ފޯނުން ފެނިފައިވާ ޗެޓް ލޮގްތަކާއި ޑޮކިއުމަންޓްތަކުން އެނގޭ,"

މި މައްސަލާގައި ބައިވެރިވާ ދިވެހީންގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.