Advertisement

ފީނަން އުޅުނު މީހެއްގެ ގައިމައްޗަށް ލޯންޗެއް އަރައި އަތްބުރިވެއްޖެ!

ދުއްވާފައި ދިޔަ ލޯންޗެއްގެ މޯހިރު.. ފޮޓޯ: ވޮއިސް

ފީނަން އުޅުނު މީހެއްގެޔަށް ދުއްވާފައިދިޔަ ލޯންޗެއް އަރައި މީހެއްގެ އަތްބުރިވެއްޖެއެވެ.

މިކަމެއް ހިނގާފައިވަނީ ނ.އަތޮޅުގައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފީނަން އުޅުނު މީހެއްގެ ގައިގައި ލޯންޗެއް ޖެހި އަނިޔާވިކަމުގެ ރިޕޯޓް އިއްޔެ ރޭ 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކަށެވެ. ފުލުހުން ބުނީ 30 އަހަރުގެ އެމީހާގެ ކަނާއަތުގެ އުޅަނބޮއްޓާ ހިސާބުން ބުރިވެފައިވާކަމަށެވެ. 

މި ހާދިސާގައި އެމީހާއަށްވަނީ އެނޫންވެސް އަނިޔާތައް ލިބިފައެވެ. އެމީހާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަކަމަށެވެ.

Advertisement

ފީނަން އުޅެނިކޮށް ގައިމައްޗަށް ލޯންޗުއެރުމުގެ ހާދިސާތައް ދޭތެރެއަކުން ހިނގައެވެ. މިގޮތުން ހިނގި ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެސް އެބަހުއްޓެވެ. އެގޮތުން މިދިޔަ އަހަރު ފާނައިގެ މަސްވެރިކަން ކުރުމަށް ދަނގެތީ ކައިރިއަށް މޫދަށް ފައިބާ އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުންޖެހި ވަނީ މަރުވެފައެވެ. 

Advertisement

ކޮމެންޓް