މާލޭގައި ދިރިއުޅޭ ބުޅާ: ފޮޓޯ/ ވޮއިސް
ހަބަރު
14 May 2025 | 10:10
ބުޅާ ފެސިލިޓީއަށް އަހަރަކު 1.2 މިލިއަން، ބުޅަލަކަށް އަހަރަކު 5000 ރުފިޔާ ޚަރަދުވާނެ: ޑރ. މާރިޔާ

މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅު ހިޔާ"އަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ކަމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ބުޅާ ފެސިލިޓީއަށް ގެންދަންޖެހޭ ހުރިހާ ބުޅަލެއް ގެންދެވުމުން އެތަނަށް ކިހާ ޚަރަދެއް ދާނެ ތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މާރިޔާ ވިދާޅުވީ، ބުޅާ ފެސިލިޓީއަށް ނަން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ފެސިލިޓީއަށް ގެންދާ ޖުމްލަ 2000 ބުޅާ ގެންދެވުމުން ބުޅާތަކަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

2000 ބުޅަލަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުލަކަށް މަހަކު 368 ރުފިޔާ ޚަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް 5416 ރުފިޔާ ޚަރަދުވާނެ

ޑރ މަރިޔަމް މާރިޔާ

މީގެ އިތުރުން ވަޒީރު މާރިޔާ ވަނީ މިހާތަނަށް ބުޅާ ފެސިލިޓީއަށް ގެންދުވުނު ބުޅާ ތަކުގެ އަދަދާއި ބުޅާ ގެންދިޔުން ލަސްވާ ސަބަބުތައްވެސް ހާމަކުރައްވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، މިހާތަނަށް ގެންދެވުނީ 15 ބުޅާ ކަމަށާ، ބުޅާ ގެންދިޔުން ލަސްވީ ފެސިލިޓީގައި ޤާއިމް ކުރަންޖެހޭ ޚިދުމަތްތައް ސިޓީ ކައުންސިލުން ޤާއިމް ނުކޮށް ހުރުމުން ކަމަށެވެ. 

އޮޅު ހިޔާ ފެސިލިޓީ އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ތައްޔާރުކުރި ފެސިލިޓީއެކެވެ.

އެ ފެސިލިޓީ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވިނަމަވެސް އެ ފެސިލިޓީގެ ޚިދުމަތް ފެށުން ލަސްވީ، މިނިސްޓްރީން ދީފަައިވައި، ގައިޑްލައި އާއި އެއްގޮތަށް ވަސީލަތްތައް ކުރެވިފައި ނުވާތީ ކަމަށް ކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ.  

އެހެންކަމުން، ސަރުކާރުގެ އެދުމަށް، "އޮޅު ހިޔާ" ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށް ފަހު، މާލެ ސިޓީ ކައުންސިލުން އެ ފެސިލިޓީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.

ކޮމެންޓް
ހުސަެނުބެ
ބިލިޔަނޭ! ސުބްޙާނަﷲ!
14 May 2025
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.