ވަޒީރު މަރިޔަމް މާރިޔާ: ފޮޓޯ/ މަޖިލިސް
ހަބަރު
14 May 2025 | 10:36
ކާޅާއި ވާލާއެކު އުޅެން އަޅުގަނޑުމެން ދަސްކުރަންޖެހޭ: ވަޒީރު މާރިޔާ

ކާޅާއި ވާލާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ކާޅާއި ވާ ދިރިއުޅެމުންދާ ތަން އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން އެ އެއްޗެހި އަހަރެމެންގެ ގޭގޭގެ ގަހުގަހުގައި ހުންނަ މޭވާތައް ކައިބޮއި ހަދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މީގެ ދޭހަވަނީ އަޅުގަނޑުމެން ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބަލަހައްޓަންޏާ، އެ އެއްޗެހިވެސް ދާނެ ތަނެއް ހޯދަންޖެހެއޭ. މިކަހަލަ ކަންކަމާހުރެ އަޅުގަނޑުމެން މި ދަންނަވަނީ ކާޅާއި ވާލުގެ ހެބިޓެޓް ރައްކާތެރިކުރަންޖެހެއޭ.“ ވަޒީރު ވިދާޅުވިއެވެ. 

އެންވަޔަމަންޓް މިނިސްޓްރީއާއި، އީޕީއޭ އާއި ދުނިޔޭގެ އެކި އެންވަޔަމެންޓަލް ޖަމިއްޔާތަކުންވެސް އަޅުގަނޑުމެންނަށް ލަފާ ދެއްވަނީ މި ދޫނި ސޫފާސޫްތްޕާ އެކު އުޅެން ދަސްކުރަން

ޑރ. މަރިޔަމް މާރިޔާ

މާރިޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އުޅޭ ކާޅުގެ ބަދަލުގައި އައްޑުއަތޮޅުގައި ދިރިއުޅޭ ޚާއްސަ ދޫނި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި އެންވަޔަމަންޓް މިނިސްޓްރީއާއި އީޕީއޭއާއެކުވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށާ، އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ދޫނިސޫފާ ސޫފި މަރައިގެން މައްސަލަތައް ހައްލުކުރަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ”އެއާއެކު އުޅެ، އެއަށްވެސް އުޅެން ދަސްކޮށްދީގެން“ ކަންކަން ކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ. 

މިހެން ބުނީމާ ތިބޭފުޅުން ވިދާޅުވެދާނެ ކިހިނެއްތޯއޭ ދަސްކޮށްދޭނީ އުޅެން؟ އޭގައިވެސް ގިނަ އުކުޅުތަކެއް ހުރޭ. އޭގައިވެސް އުކުޅުތައް ހުރޭ. ފުރަތަމަ ކަމަކަށް ގަސް އިންދުން އިތުރު ކުރުން. 

ޑރ މަރިޔަމް މާރިޔާ

މާރިޔާ ވިދާޅުވީ ދިރިއުޅޭނެ މާހައުލު ނެތުމުން ރާއްޖޭގައިވެސް ބައެއް ޖަނަވާރާއި ދޫނި ސޫފާ ސޫފި ނެތިގެން ހިނގައިގޮސްފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.