ގެމަނަފުއްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ޕެކެޓް: ފޮޓޯ/ޕޮލިސް
ހަބަރު
15 May 2025 | 11:31
ލޯންޗެއްގައި ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ގއ. ގެމަނަފުށި / ބަނަފުސާގެ، ޙަސަން ޝުޖާއު (45އ) އެވެ. 

ފުލުހުން ބުނީ، ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މެއި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ޝުޖާޢު ދުއްވި ލޯންޗު ގެމަނަފުށި ބަނދަރާ ގާތްކުރުމުން އެ ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގައިހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 28 ގުރާމެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
22 Jul 2026
ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމެއް ފަށައިފި
މިއީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ކުރެވުނު މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
22 Jul 2026
ބީއެމްއެލްގެ 'އާޔާ' އަށް އައު ބަދަލުތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިންގެ ޒަރީޢާއިން ޚިދުމަތްތަކަށް އެދޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޗެޓް އެސިސްޓެންޓް 'އާޔާ' ގެ ޤާބިލުކަން އިތުރުކުރަން ފަށައިފިއެވެ.
22 Jul 2026
އާސަންދައިގެ ބަޖެޓުން 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ފާމަސީތަކަށް
މިދިޔަ އަހަރު އާސަންދަ ސްކީމުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
22 Jul 2026
ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު ނިއުޔޯކް ސިޓީއަށް ނެތް
އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މަމްދާނީ ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރެވޭނެ ގާނޫނީ މަގެއް އޮތްތޯ އޭނާގެ އިދާރާގެ ގާނޫނީ ޓީމުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަމުރު ތަންފީޒުކުރުމުގެ ބާރު ސިޓީ ސަރުކާރަށް ނެތްކަން ސާފުވެފައިވާ ކަމަށާއި، އެމެރިކާގެ ފެޑަރަލް ސަރުކާރުން އައިސީސީއާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
22 Jul 2026
އިޒްރޭލުން ގާޒާގެ އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފި
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން، އަންގާރަ ދުވަހުގެރޭ ދަންވަރު ޣައްޒާ ސިޓީއަށް ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފިއެވެ.