ދައުލަތުން ދިނުމަށް ހުުކުމް ކުރާ ފައިސާތަކާާއި މެދު ރައީސް ނަޝީދު ކަންބޮޑުވެއްޖެ

16 May 2019 | 13:35

ދައުލަތުން ކުންފުނިތަކަށް ދޭންޖެހޭކަމަށް ކޯޓުތަކުން ހުކުމްކުރަމުންދާ ބޮޑެތި ފައިސާގެ އަދަދުތަކާއި މެދު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހު އިންތިހާބުވެވަޑައިގެން، މިވީ، ހަ މަސްދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ހުކުމް ކޮށްފިކަމަށެވެ.

އަދި ހުކުމް ކުރާފައިސާތައް އެ ފަރާތްތަކަށް ދޫ ކުރުމުގެ ކުރިން، އެއީ ދައުލަތުން އެފަރާތްތަކަށް ދޭންޖެހޭ ފައިސާއެއްތޯ ކަށަވަރު ކުރަންޖެހޭ ކަމަށާއި، އެކަމުގައި ދައުލަތަށް އެންމެ ރަނގަޅު ގޮތް، ހޯދައިދިނުމަކީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވާޖިބެއްކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ދީބާޖާާ އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށް ދޭންޖެހޭކަމަށްބުނެ ސުޕްރީމް ކޯޓުން ކުރި ހުކުމަކާއި މެދު ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެެވެ.

ކޯޓުން ވަނީ އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ.

Advertisement

ކޮމެންޓް