މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
15 May 2025 | 14:00
މަޖިލިސް މެންބަރުންގެ އަދަދު މިހާރަަށްވުރެ އިތުރު ނުކުރެވޭނެ ގޮތް ހަދަނީ

މަޖިލިސް މެންބަރުންގެ އަދަދު މިހާރަަށްވުރެ އިތުރު ނުކުރެވޭނެ ގޮތަށް ގާނޫނު އިސްލާޙް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އައު ގާނޫނު އަސާސީގެ ދަށުން މަޖިލިސް ފެށިގެން އައި އިރު ތިބީ 77 މެންބަރުން ކަމަށެވެ. އަދި އާބާދީ އާއެކު ދާއިރާތައް އިތުރުވެ، މިހާރުގެ މަޖިލީހުގައި 93 މެންބަރުން ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

77 މެންބަރުންވެސް ގިނަ. އެކަމަކު ރައްޔިތުން ރިޕްރެޒެންޓްވެސް ކުރެވެންވާނެ. އެހެންވީމާ އަޅުގަނޑު މިނހުށަހަޅާ އިސްލާޙަކީ ދެން ހިނގާށޭ އިތުރު ނުވާނޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން. 93 އަކީ އަދަދު ކަމަށް. އެއަށްވުރެ ގިނަ ނުވާނޭ. އެހެންވީމާ 93 އަށް ލިމިޓް ކުރާ ގޮތަށް ގާނޫނު އިސްލާޙު ކުރާ ގޮތަށް ވާނީ ނިންމާފަ. އެގޮތަށް ހުށަހަޅާނަން. 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައްޔިތުންނާއެކު ޕޮޑްކާސްޓްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ސިޓީ ކައުންސިލް ތަކާއި، އެއްރަށޭއްގައި ގިނަ ދާއިރާތައް އޮންނަ ކައުންސިލް ތަކުގައި އާބާދީ އިތުރުވާ ވަރަށް ދާއިރާތައް އިތުރުވާކަން ފާހަގަކުރައްވައި ރައީސް ވަނީ މިހާރަށްވުރެ ކައުންސިލް ތަކުގެ ދާއިރާތަކާއި ކައުންސިލަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް ގާނޫނު އިސްލާހް ކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. 

ހަމަ އެހެންމެ އަތޮޅު ކައުންސިލްތައް އުވާލައި، 2000 އަށްވުރެ އާބާދީ މަދު ރަށްރަށުގައި 3 ކައުންސިލަރުން ތިބޭ ގޮތަށް، އަދި އެއަށްވުރެ އާބާދީ ގިނަ ނަމަ 5 ކައުންސިލަރުން ތިބޭ ގޮތަށް ގާނޫނު އިސްލާޙް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

އެފަދައިން ކަން ކުރުމުން ކައުންސިލް ތަކުގެ ހިންގުން ހަރުދަނާވެ، ކައުންސިލަރުންވެސް އިތުރަށް މަސައްކަތަށް ފަރުވާތެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެނީ، މަދު އާބާދީ ހުންނަ ބައެއް ރަށްރަށުގެ ކައުންސިލަރުން ކައުންސިލްގައި ކުރާނެ ކަމެއް ނެތި އަމިއްލަ މަސައްކަތުގައި އުޅޭ ކަމުގެ ޝަކުވާތައްވެސް ރައްޔިތުން ކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ