ޓްރާސްޕޯޓް މިނިސްޓަރު އަމީން މިއަދުގެ ޖަލްސާގައި
ހަބަރު
15 May 2025 | 16:15
އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އަމީންގެ އިތުބާރު ނެތް ކަމަށް ހުށައަޅާފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން ބުނީ މިނިސްޓަރަކު ކޮށްގެން ނުވާނެ ކަންތައްތަކެއްގެ ވާހަކަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާ އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން އަމީން ކުރައްވާފައިވާ ކަމަށެވެ.

އަމީނަށް އިތުބާރު އޮތްތޯ ބެލުމަށް ދެންމެ ނެގި ވޯޓްގައި އިތުބާރު އޮތް ކަަމަށް 54 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. އިތުބާރު ނެތް ކަމަށް ވޯޓް ދެއްވީ 11 މެންބަރުންނެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ މައްސަލާގައި އޭނާގެ ތިމާގެ މީހަކަށް ތުހުމަތު ކުރެވޭ ކަމަށް މިހާތަނަށް ތަހުގީގީ އިދާރާތަކުން ހާމަކޮށްފައި ނުވާ ކަމަށެވެ. 

އަމީން ވިދާޅުވީ، މއ. މާންދޫގެ ދެކުނު އަކީ އޭނާ އެކަނި ދިރިއުޅޭ ގެ ނޫން ކަމަށެވެ. އަދި އެތަނަކީ އޭނާގެ އިތުރުން އިތުރު ތިން މީހެއްގެ ނަން މަތީގައިވާ ތަނެއް ކަމަށާ އެހެންކަމުން އެ އިމާރާތުގައި ކުރެވޭ ކުށެއްގެ ޒިންމާ އޭނާ ވަކި މަގާމެއްގައި ހުރުމުން ނަގަންޖެހޭ ކަަމަށް ދެކުމަކީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އަމީން ވިދާޅުވުއެވެ. 

އެ ހާދިސާއާ ގުޅިގެން ބައެއް ކަންކަން އަމީން ސިއްރުކުރައްވާފައިވާ ކަމަށް މައްސަލައިގައި ބުނެފައިވާއިރު، ކަމެއް ސިއްރުކޮށްފައި ވާކަމަށް ވިދާޅުވާ ނަމަ، އެކަމެއް އަދި ސިއްރުކުރަން ކުރި ކަމެއް ސާފުކޮށްދެއްވަންވާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. 

މީގެ އިތުރުން، ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅުވައި އަމީންގެ ތިމާގެ ނުވަތަ ޢާއިލީ މަޞްލަޙަތު ހިމެނޭ ފަރާތެއް ބައިވެރިވާ ކަމުގެ ތުހުމަތު ވެސް އެއްވެސް އިދާރާއަކުން ކޮށްފައި ނެތީސް އެފަދަ އިދާރާއަކުން ކުރާ ތަޙުޤީޤަކަށް ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.

"ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް ނެތް. ބަހުސްގެ ބޭނުމަށް އެ ހާދިސާއަށް އަޅުގަނޑުގެ ތިމާގެ ނުވަތަ ޢާއިލީ މަޞްލަޙަތު އޮތް ފަރާތަކާ ގުޅުވި ނަމަވެސް، އެއީ ބޮޑެތި މީހުން. އަމިއްލަ ކަންކަމަށް އަމިއްލައަށް ޒިންމާ ނަގަންޖެހޭ ފަރާތްތައް. އަޅުގަނޑުގެ ދަރިންނެއް ނޫން އަޅުގަނޑުގެ އަތްބެއް ނޫން. އަޅުގަނޑުގެ މައިންބަފައިންނެއް ނޫން. އަދި އަޅުގަނޑު ބަލަހައްޓާ ފަރާތެއް ވެސް ނޫން"، އަމީން ވިދާޅުވިއެވެ.

ހަމަ އެހެންމެ، ޔުމްނު ވެއްޓުނު މައްސަލައިގައި ކުރީގެ ފުލުސް ކޮމިޝަނަރު އަލީ ޝުޖާއަށް އަމީން ގުޅުއްވި ކަމަށާ، ކޮމިޝަނަރަށް ގުޅުއްވީ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން އަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދަންނަވަން ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް ޝުޖާޢު ފޯނު ނުނެންގެވި ކަމަށް އަމީން ވިދާޅުވިއެވެ. 

އަމީން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާއަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.