ކުޑަކުއްޖަކު ބުރުގާ އަޅައިގެން
ރިޕޯޓް
18 May 2025 | 16:39
މި ދަރިފުޅާއި މައިންބަފައިނަށް ފުރައްސާރަ ކުރީ ޅަ އުމުރުގައި ބުރުގާ އެޅުމުން

ކުޑަ ދަރިފުޅާއެކު ޕާކަށް ދިޔައީ ހަފްތާ ބަންދުގައި އެ ދަރިފުޅަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދާ ދިނުމަށެވެ. ޕާކަށް ވަދެވުމާ އެެކު ދޮށީ އަންހެން ދަރިފުޅާއި ހަގު ދަރިފުޅު ކުޅިވަރުގައި މަސްއޫލުވި އެވެ. އެ ވަގުތު ދަންނަ ރައްޓެއްސަކަށް ފެނިގެން އައިސް ވާހަކަ ދައްކަން ފެށި އެވެ.

އެކަމަކު އޭނާ ސުވާލުކުރީ އަހަރެންގެ ހާލަތާއި ގުޅޭގޮތަކުންނެވެ. ކުދީންގެ ކަންކަން ރަނގަޅުތޯ އެއް ނޫނެވެ. ދިރިއުޅުމުގެ ކަންކަމާ މެދުގަ އެއް ނޫނެވެ. އޭނާ ކަންބޮޑުވީ އުމުރުން ތިން އަހަރު އަހަރަށްދާ އަންހެން ދަރިފުޅު ބުގުރާ އަޅާފައި ހުރުމުންނެވެ. އޭނާގެ ބަހުން ނަމަ "ބުރުގާ އަޅުވާފަ" ހުރީމަ އެވެ.

އޭނާ ބުނާ ގޮތުން އެ ދަރިފުޅަށް އަދި ރަނގަޅަށް ހިނގައި ނުގަނެވި އުޅެނިކޮށް ބުރުގާ އެޅުވީ އެވެ. އެއީ ފުކެއް ބޮޑުވަރު ކަމުގައި ބުނެ ފުރައްސާރައިގެ ބަސްތައް ރައްދު ކުރި އެވެ. ދެން ކުރީ ސުވާލެކެވެ. ކާކަށް ކޯއްޗެއް ފޮރުވަންހޭ ބުނެ އެވެ. އޭނާ ދެކޭ ގޮތުން ފެޝަން ރީތި, ކުރު ހެދުމެއް ވެސް ލައްވާ ލެވޭނީ ޅަ އުމުރުގަ އެވެ. 

އޭނާގެ ނަޒަރު ދެން ހުއްޓުނީ ދޮށީ އަންހެން ދަރިފުޅަށެވެ. އެ ދަރިފުޅު ވެސް އޭނާގެ ވިހަ ބަސްތަކުން ސަލާމަތެއް ނުވި އެވެ. ދޮށީ އަންހެން ދަރިފުޅު ބުރުގާ އެޅި ފަހުން ކިތަންމެ ދުވަހެކެވެ. އެހެންވެ އޭނާ ފުރައްސާރައަކަށް ހަދާ ސުވާލެއް ކޮށްލި އެވެ. އެހާ ޅަ އުމުރުގައި ވެސް އެ ދަރިފުޅު ބުރުގާ އެޅިވީމު ނޫހެއްޔެވެ. ދެން އޭނާ މޫނު އަޅާނީ ކޮން އިރަކުން ހެއްޔެވެ. މިހެން ގޮސް އޭނަ ހިތަށް އެރިހާ ވާހަކައެއް ދެއްކި އެވެ. އޭނާ ހިތުން އެއީ ވަރަށް ވިސްނޭ މީހެކެވެ. ތަހުޒީބު މީހެކެވެ. ކުދީންގެ ހައްގުތައް ދަންނަ ދަރީން ދެކެ ވަރަށް ލޯބިވާ މީހެކެވެ.

މި ވާހަކަތަކާއި ގުޅިގެން މި ކުދީންގެ މަންމަ ވަނީ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ވާހަކަތަކާއެކު ވަރަށް ގިނަ ބަޔަކު ވަނީ އެ މީހުންނަށް ވެސް މިފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހިފައިވާކަން ހާމަކޮށްފަ އެވެ. އެ ވާހަކަތަކުން އެނގެނީ މިއީ މުޖްތަމައުގައި ބޮޑުވެފައި އޮތް ވިހަ ވަބާއެއް ކަމެވެ.

ޅަ އުމުރުގައި ދީނަށް ލޯބި ޖެއްސުން މުހިންމު

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދެކޭ ގޮތުގައި އިސްލާމް ދީނުގެ އުސޫލުތަކުގެ ތެރެއަށް ކުއްޖާ ގެންނަން ޖެހޭނީ އެ ކުއްޖަކު ބޮޑުވުމުންނެވެ. ޅަ އުމުރުގައި ނިވާކަން ކުޑަ ހެދުން އެޅުވުމަކީ މައްސަލައެއް ނޫނެވެ. އެއީ ކުދީންނަށް ހޯދައިދެވޭ އުފަލެކެވެ. ހިތްހަމަޖެހުމެކެވެ. އަދި ބޮޑުވުން ފެންނާން އޮންނާނެ އުފާވެރި ހަނދާނެކެވެ.

ނަމަވެސް މިއީ އިސްލާމް ދީން އަޅުގަނޑުމެންނަށް ގެނެސްދީފައިވާ ގޮތެއް ނޫނެވެ. އެއީ ހުޅަނގުން ޒީނަތެއް ކަމުގައި ދައްކާފައިވާ ކަންކަމެވެ. އެފަދަ ވިސްނުމުގައި އަމަލު ކުރާ ބެލެނިވެރީންނަށް އާހިރުގައި ލިބެނީ ބޮޑު ހިތާމަ އެކެވެ. ޅަ އުމުރުގައި ދޭން ޖެހޭ ތަރުބިއްޔަތު ނުދެވި ކުއްޖާ ބޮޑުވެ އެ ކުއްޖާ ވެގެން ދަނީ މައިންބަފައިންނަށް ބޮޑު ހިތާމަ އަކަށެވެ.

ޅަ އުމުރުގައި އިސްލާމީ ތަރުބިއްޔަތު ދޭން ޖެހެނީ އެހެން ވެގެންނެވެ. ތަރުބިއްޔަތު ދޭން ޖެހެނީ ކުއްޖާއަށް އެންމެ މުހިންމު އުމުރުގަ އެވެ. އެ އުމުރުގައި ދެވޭ ތަރުބިއްޔަތުން މުޅި ދިރިއުޅުމަށް ހެޔޮ އަސަރު ކުރާނެ އެވެ. 

އިސްލާމް ދީނުގައި އެންމެ ބޮޑު އަމުރެއް އޮތް އެކަމަކީ ނަމާދު ގާއިމު ކުރުމެވެ. އުމުރުން ހަތް އަހަރުވުމުން މަޖުބޫރު ކުރުވައިގެން ވެސް ދަރީން ލައްވާ ނަމާދު ކުރުވަން ޖެހެ އެވެ. ބާލިޢުވުމުން ނަމާދު ކުރަން ވާޖިބުވެ އެވެ. އެއީ އަންހެން ކުއްޖެއް ނަމަ އޭނާާގެ ބުރުގާ އަޅާ ހިޖާބުވާން ޖެހޭ އުމުރެވެ.

ކުއްޖާ އެންމެ ޅަފަތުން ފެށިގެން އިސްލާމީ ފޭރާން އަޅުވާ ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ދެވޭނަމަ އަޅުކަން ވާޖިބުވާ ހިސާބަށް އަންނައިރު ހުންނާނީ އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެވިފަ އެވެ. އެހެން ނޫންނަމަ ކުއްޖާ ބޮޑުވަމުންދާ ވަރަކަށް އަޅުކަން ކުރުމާއި އިސްލާމީ ފޭރާން ލުން ވެގެންދާނީ ބުރަ އަދި އުނދަގޫ ކަމަކަށެވެ.

އެހެން ކަމުން ޅަ އުމުރުގައި ކުއްޖާ ބުރުގާ އެޅުވުމަކީ ސުވާލުކޮށް ފުރައްސާރަ ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ އެކަމުން ނަމޫނާ ލިބި ތިމާގެ ދަރީންވެސް އެ ގޮތަށް ބޮޑު ކުުރުމަށް ލިބޭ ބާރަކަށް ހަދަންވީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.