ޖަސްޓްމެރީޑް ޕާޖުގައި ޖަހާފައިވާ އެެ މީހުންގެ ޑެކަރޭޝަން ދައްކައިދޭ ފޮޓޯއެއް
ރިޕޯޓް
18 May 2025 | 19:36
ނަދާއަށް ކުރެވުނު ހިތި ތަޖުރިބާ: "ޖަސްޓް މެރީޑް" ސްކޭމްގައި ނުޖެހޭތި

ކައިވެނީގެ ދުވަހަކީ ކޮންމެ ދެމަފިރިއަކަށް އެންމެ ހާއްސަ ދުވަހެކެވެ. ހަޔާތުގެ އެންމެ ހާއްސަ ދުވަސް އިތުރަށް ހާއްސަ ކޮށްލުމަށް ކައިވެނީގެ ހަލްފާ ކުލަގަދަ ކޮށްލުމަށް ބޭނުންވެ އެވެ. ކައިވެނި އޮންނަ ތަން ޒީނަތްތެރިކޮށްލަން ބޭނުންވެ އެވެ. ދެމަފިރީންގެ އެންމެ ފުރަތަމަ އަދި އެންމެ ހާއްސަ ވަގުތުކޮޅު މާތަކުން ޒީނަތްތެރިކޮށް ޑެކަރޭޓް ކޮށްލަން ބޭނުންވެ އެވެ. މެހެމާނުން ހިތުން ހާއްސަ މަގާމެއް ލިބޭނެ ފަދަ މީރު ކާއެއްޗެހި ހުންނަން ބޭނުންވެ އެވެ.

މި ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ކައިވެނި ވެވޭ ދެ މީހުންނާއި ދެ ފަރާތު އާއިލާ އިން ބޮޑު ހަރަދެއް ކުރެ އެވެ.

އައިޝަތު ނަދާއާ އޭނާގެ ފިރިމީހާ ވެސް ބޭނުންވީ އެފަދަ ކައިވެނި ޕާޓީއެއް ބާއްވާ ށެވެ. ބޮޑު ހަރަދެއް ކުރީ ހަޔާތުގެ އެންމެ އުފާވެރި މުނާސަބާ ވަރަށް ހާއްސަކޮށްލަން ބޭނުންވާތީ އެވެ. ނަމަވެސް ނަދާއަށް ކުރިމަތިވީ ހިތަށް ވެސް ތަސައްވުރު ނުކުރެވޭހާ ދެރަ ގޮތެކެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަސް އެންމެ ލަދުވެތި އެންމެ ހިތާމަވެރި ދުވަހަށް ވި އެވެ.

"ޖަސްޓް މެރީޑް" - ނަދާއަށް ދިނީ ބޮޑު ލަޑެއް

ނަދާއަށް ކުރަން ޖެހުނު ތަޖުރިބާތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ހުރިހާ ވާހަކަތަކެއް އޭނާ ހިއްސާ ކުުރީ ސާފު ހެއްކާ އެކު އެވެ. އެ ވާހަކަތައް ނަދާ ހިއްސާކުރި ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވި އެވެ.

ނަދާ ބުނި ގޮތުގައި "ޖަަސްޓް މެރީޑް" ޕޭޖު ހިންގަނީ ގ. ލައުޒާން މުހައްމަދު ހުނައިން އެވެ. އޭނާއަށް ކައިވެނީގެ ޑެކަރޭޝަން އާއި ކެއުމުގެ ކަންކަން ހަމަޖެއްސުމަށް އެތައް ހާސް ރުފިޔާއެއް ވަނީ ދައްކާފަ އެވެ.

ނަމަވެސް އުންމީދު ކުރި ގޮތަށް އެއްވެސް ކަމެއް ނުދިޔަ އެވެ. އަތުން ފައިސާތަކެއް ގެއްލުމާއި އާއިލާއާ އެކުވެރީންގެ ކުރިމަތީ ލަދުން އިސްޖަހާލަން ޖެހުނީ އެވެ. "ޖަަސްޓް މެރީޑް" އިޝްތިހާރު ކޮށްފައިވާ ރީތި ޑެކަރޭޝަންތަކުން ޑެކަރޭޝަނެއް އިހްތިޔާރު ކުރި ނަމަވެސް ކައިވެނީގެ ވަގުތު ޖެހުނުއިރު ވެސް އެކަން ނުނިމުނެވެ.

އެ ދެމަފިރީންގެ ހިތް މުޅީން ކުދިކުދިވީ ކައިވެނި ކޮށްނިމި ޕާޓީގެ ވަގުތު ފެށުނުއިރު ވެސް ކާއެއްޗެހި ގެނެސްފައި ނުވުމެވެ. އެކަމާއި ޝަކުވާކޮށް ވެގެން އުޅޭ ގޮތް ބަލަން ހުނައިނަށް އެތައް ފަހަރަކު ގުޅުނެވެ. އޭނާގެ ޖަވާބަކަށްވީ ވެގެން އުޅޭ ގޮތް ބަލަމުންދާ ކަމަށެވެ. އެހެން ވެގެން ނުވާނެ ކަމަށް ބުނެ އޮޅުވާލަމުން ގެންދިޔަ އެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އޭނާ ދިޔައީ "ސްކޭމް" ހިންގާ އޮޅުވާލަމުންނެވެ.

ފައިސާ ހިފައިން ފިލީ, ކެއުމަށް އޮތީ ލާރި ނުދައްކާ

ފަހުން ބެލިބެލުމުން އެނގުނީ ޕާޓީގެ ކޭޓަރިން ކަންކަން ހަމަޖައްސަން "ޖަަސްޓް މެރީޑް" އިން ހަވާލުކޮށްފައިވާ "ހައުސް އޮފް ޖޭޑް" އަށް ފައިސާ ދައްކާފައިނުވާ ކަމެވެ.

އެކަން އެނގުނީ ވެސް އެ ސަކަރާތެއްގައި ދެ ފަރާތު އާއިލާއާ ނަދާގެ ދެމަފިރީން އުޅޭތާ ދެ ގަޑިއެއްހާއިރުވާން ކައިރިވީ ފަހުންނެވެ.

އިތުބާރުކޮށް ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހަވާލުކުރި "ޖަަސްޓް މެރީޑް" އިން ކަންކުރި ގޮތް ހެއްކާއެކު ނަދާ ހާމަކުރީ އެފަދަ ކަމެއް ދެވަނަ ބަޔަކަށް ތަކުރާރުވާން ނޭދޭތީ އެވެ. އަދި އެފަދަ "ސްކޭމް" ތައް ހިންގާ މީހުން ހުއްޓުވަން ބޭނުންވާތީ އެވެ.

މިއީ ލަނޑުދިން ފުރަތަމަ ފަހަރެއް ނޫން

ނަދާގެ އެ ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެތައް ސަތޭކަ ބަޔަކު އެ ޕޯސްޓް ޝެއާ ކޮށްފައިވެ އެވެ. އަދި ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވެ އެވެ.

ބައެއް މީހުންގެ ކޮމެންޓްތަކުން "ޖަަސްޓް މެރީޑް" އިން ލަނޑުދިން ފުރަތަމަ ބަޔަކީ ނަދާގެ ދެމަފިރީން ނޫންކަން އެނގެ އެވެ. ކޮމެންޓް ކުރި ބައެއް މީހުން ވަނީ އެ މީހުންނަށް ވެސް އެ ޕޭޖުން ލަނޑުދީފައިވާ ކަމަށް ބުނެފަ އެވެ. އެންމެ ފަހު ވަގުތު ހަބަރެއް ނުވެ ފައިސާކޮޅު ހިފައިގެން ފިލާފައިވާ ކަމަށް ބުނެފަ އެވެ.

އަނެއް ބަޔަކު ބުނީ "ޖަަސްޓް މެރީޑް" އިން އަމަލު ކުރި ގޮތުން އެ މީހުންގެ ކައިވެނީގެ ހަފްލާއަށް އިތުރަށް އެތައް ހާސް ރުފިޔާއެއް ހަރަދު ކުރަން ޖެހުނު ކަމަށެވެ.

އެހެން ކަމުން މިއީ "ސްކޭމް" ހިންގާ ޕޭޖެއްގެ ގޮތުގައި އެ މީހުން ސިފަކޮށްފައިވެ އެވެ.

ކޮންމެ ކަމެއްގައި ވެސް އޮޅުވާލުމާއި މަކަރު ހެދުން އާންމުވެފައިވަނީ ކަންބޮޑުވާ ޖެހޭ ދަރަޖަކައަކަށެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ބައެއް މީހުން މުޅި އުމުރު އެއްކޮށްފައިވާ ފައިސާ ކޮޅު ގެއްލިގެން ދެ އެވެ. އަނެއް ބަޔަކަށް އެންމެ އުފާވެރި ދުވަސްތައް ހަޔާތުގެ އެންމެ ހިތާމަވެރި ދުވަހަށް ބަދަލު ވެގެން ދެ އެވެ.

މިފަދަ "ސްކޭމް" ތަކަށް ފުރުސަތު ނުދިނުމަށް ހޭލުންތެރިވާން ޖެހެ އެވެ. ފައިސާ ދެއްކުމުގެ ކުރީން އެތައް ފަހަރަކު ޔަގީން ކުރަން ޖެހެ އެވެ.

ކޮމެންޓް
ތިމަންނަ
ކުދިންނޭ ދަގަނޑު ކެނޑޭނީ ދަގަޑުން....
18 May 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.