ކާޅެއް
ރިޕޯޓް
19 May 2025 | 16:52
ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ހޯދުން: ތި ރަށުގައި ކިތަށް ކާޅާއި ވާ އުޅޭ

ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ އަކީ ދޭތެރެ ދޭތެރެއިން ގަދަވެ އެވެ. އާންމުކޮށް އެ ޝަކުވާ އެންމެ ބޮޑަށް ކުރަނީ އައްޑޫގެ ރައްޔިތުންނެވެ. އެއީ އެ ސިޓީގެ ފަހުރެއް ކަމުގައިވާ ދޮންދީނި އާލާވުމަށް ކާޅުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން ދަނޑުވެރި ރަށްރަށުން ވާލުގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ ކުރެ އެވެ. ވާލުގެ ސަބަބުން މީހުންގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުން ވާތީ އެވެ. މި ދުވަސްވަރު ވެސް ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެ އެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ބަހުސް ވަނީ ހިންގާފަ އެވެ. ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރިޔަމް މާރިޔާ މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން މެންބަރުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ވެސް ކުރައްވާފަ އެވެ.

ކާޅާއި ވާލާއެކު އުޅެން ދަސްކުރަންޖެހޭ

ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެ އެކަމަށް އޮތް ހައްލާއި ގުޅޭގޮތުން ސުވާލު ކުރުމުން ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވީ ކާޅާއި ވާ ދިރިއުޅެމުންދާ ތަން އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން އެ އެއްޗެހި އަހަރެމެންގެ ގޭގޭގެ ގަސް ގަހުގައި ހުންނަ މޭވާތައް ކައިބޮއި ހަދާ ކަމަށެވެ.

”މީގެ ދޭހަވަނީ އަޅުގަނޑުމެން ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބަލަހައްޓަންޏާ، އެ އެއްޗެހިވެސް ދާނެ ތަނެއް ހޯދަންޖެހެއޭ. މިކަހަލަ ކަންކަމާހުރެ އަޅުގަނޑުމެން މި ދަންނަވަނީ ކާޅާއި ވާލުގެ ހެބިޓެޓް ރައްކާތެރިކުރަންޖެހެއޭ.“ ވަޒީރު އެ ދުވަހު ވިދާޅުވި އެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ ދޫނިސޫފާ ސޫފި މަރައިގެން މައްސަލަތައް ހައްލު ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި ”އެއާއެކު އުޅެ، އެއަށްވެސް އުޅެން ދަސްކޮށްދީގެން“ ކަންކަން ކުރުވަން މަސައްކަތް ކުރައްވާ ކަމަށެވެ.

ވާލެއް ގަހެއްގައި: ބައެއް ރަށްރަށުގައި ވާލުގެ އުނދަގޫ ބޮޑު

އެ ވާހަކަތަކާ އެކު އާންމުންްގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެކަން ބައެއް މީހުންނަށްވީ ބޮޑު މަޖާ ގަނޑަކަށެވެ. ކާޅާ ވާލާއެކު އުޅޭނީ ކިހިނަކުންތޯ ސުވާލުކޮށް ބައެއް މީހުން ކާޅާއި ވާލުގެ އުނދަގުލާއި އެ ސޮރުމެންގެ ސަބަބުން ލިބޭ ގެއްލުން ފެންނަ ފޮޓޯތައް އާންމުކޮށްފައިވެ އެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އެ ސޮރުމެންގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާނަމަ އެކަމަށް އޮތް ހައްލެއް ބަލާނެ އެވެ. އެ ހައްލު ހޯދަން ކަމާބެހޭ އިދާރާތަކާއެކު ވަނީ މަޝްވަރާތަކެއް ފަށާފަ އެވެ.

ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބެލުން

ކާޅާއި ވާލުގެ މައްސަލަ ބޮޑުވެ އެކަން ހައްލު ކުރާނެ ގޮތެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ލަފަައެއް ދީފަ އެވެ.

އެ ލަފާގައި މައްސަލަ ހައްލު ކުރުމަށް ކުރާނެ މަސައްކަތްތަކުގެ ތަރުތީބެއް ދީފައިވެ އެވެ. އެ މަސައްކަތް ފެށުމަށް ފުރަތަމަ ކުރަން ޖެހެނީ ވަރަށް އުނދަގޫ މަަސައްކަތެކެވެ. އެއީ ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބެލުމެވެ. އެ އަދަދު ބެލުމުން އެ ސޮރުމެން ގެންގުޅޭނެ ގޮތާމެދު ގޮތްތަކެއް ނިންމާން ފަސޭހަ ވާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.

ގެއެއްގެ ގޯތިތެރޭގައި ކާޅެއް 

އީޕީއޭ އިން ބުނާ ގޮތުން ކާޅާއި ވާލުގެ އުނދަގޫ އިންތިހާއަށް ބޮޑުނަމަ ދެން އޮންނާނީ ވަކި މިންވަރަކަށް އެތަކެތި މަދު ކުރުމެވެ. އެކަން ކުރަން އެ ސޮރުމެން މަރަން ޖެހެ އެވެ. އެކަމަކު އެއީ އެންމެ ފަހު ފިޔަވަޅުކަމަށް އީޕީއޭގެ ދެކެ އެވެ. އެކަން ކުރަން ވެސް ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބަލަން ޖެހެ އެވެ.

އީޕީއޭގެ މި ލަފަޔާއެކު ބަހުސް އިތުރަށް ބޮޑުވީ އެވެ. ބަހުސްގެ ފޯރު ގަދަވެ މަޖާވެސް ވީ އެވެ. މިހާރު އޮތީ އެ ރަށެއްގައި އުޅޭ ކާޅާއި ވާ ގުނުމެވެ. ބައެއް ރަށްރަށުގެ މީހުން މަޖަލަށް ހަދާ އެ ރަށްރަށުގައި އުޅޭ ކާޅާއި ވާލުގެ އާބާދީ ވަނީ ހާމަވެސް ކޮށްފަ އެވެ. އަންހެން ފިރިހެން އަދި އުމުރުވެސް އެނގޭ ގޮތަށެވެ. އުނދަގޫ ކޮށް ނުހުރޮއްޕާ ކުރާ ކާޅާއި ވާލުގެ އަދަދުވެސް އެނގޭ ގޮތަށެވެ.

އެ މަޖާގަނޑު ބޮޑުވެ މިއަދު އެންމެ ގިނަ މީހުން ކުރާ ސުވާލަކީ މިއީ އެވެ. ތި ރަށުގައި ކިހާ އަދަދެއްގެ ކާޅެއް އުޅޭ ހެއްޔެވެ. ތި ރަށުގައި އުޅޭ ވާލުގެ އާބާދީ ކިހާ ވަރެއް ހެއްޔެވެ.

ކޮމެންޓް
ވ
ހެހެ ބަލަ އެއީ އެއްރަށުން އަނެއްރަށަން ދާއެއްޗެއްކަމެެް ނޭގޭތަ
19 May 2025
ފާތު
ކާޅާ ވާއުޅޭއަދަދެއް ނުބެލޭނެ ނުވާނެކަންތަކުގެވާހަކަ ނުދައްކަބަލަ އީޕީއޭ އިންވެސްކާޅަކީ އަސްލުވެސް އުނދަގޫބޮޑު އެއްޗެއް
19 May 2025
ފާތުމަ
ހުރިހާ ކާޅުގެ ފައިގަ ޓެގްއަޅުވަން ފެނޭ
20 May 2025
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.