އޮޅުހިޔާ.. ފޮޓޯ: ޒޫފިލިސްޓް
ހަބަރު
22 May 2025 | 18:01
އަހަރު ދުވަހަށް، އޮޅުހިޔާ ހިންގައިދޭނޭ ފަރާތެއް ހޯދަނީ

ހުޅުމާލޭ ފޭސް ދޭއްގައި އެނިމަލް ވެލްފެއާ މިނިސްޓްރީން ގާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) ހިންގާނޭ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ، އެއް އަހަރުދުވަހުގެ ނިޔަލަށް އެތަން ހިންގަން ބޭނުންވަނީ، އެ މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހު މައުލޫމާތު ސާފުކޮށް ޖޫންމަހުގެ 12 ވަނަ ދުވަހު ޕްރޮޕޯސަލް ހުށައެޅުމަށް މިނިސްޓްރީން ބުނެއެވެ.

އޮޅުހިޔާ ޝެލްޓަރިންގައި ކުރެވޭނޭ މަސައްކަތްތަކުގެ ތެރޭގައި މާލެސިޓީގެ މަގުތަކުން ނަގައިގެން ގެންނަ ވީއްލިގެން އުޅޭ ބުޅާތައް ކަރަންޓީނުކުރުމާއި، ކޮށިތަކުގައި ތިބޭ ބުޅާތަކަށާް ކާންދީ ބެލެހެއްޓުމާއި، އެތަކެއްޗަށް ބޭސްދިނުމާއި، ޖަނަވާރުތައް ތަމްރީނު ކުރުމުގެ އިތުރުންވެސް އިތުރު ޒިއްމާތައް ހިމެނެއެވެ.

މިނިސްޓްރީން ކޮށްދޭނެ ކަންކަމުގެ ތެރޭގައި:

- މާލޭ މަގުތައްމަތީ އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުން

- އިދާރީގޮތުން މުޅި އޮޅުހިޔާ ހިންގުން

- އޮޅުހިޔާގެ ސެކިއުރިޓީ ބެލެހެއްޓުން

- އޮޅުހިޔާގެ ކްލިނިކްތައް ހިންގުން

- އޮޅުހިޔާއާ ބެހޭ ފެއާތަކާއި ކޭމްޕްތައް ރާވައި ހިންގުން

- އޮޅުހިޔާއިން ބުޅަލުގެ އެޑޮޕްޝަން ކަންކަން ހިންގާ ބެލެހެއްޓުން

- އޮޅުހިޔާގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން

- މަސައްކަތްކުރާ ސާމާނާއި ކުޑަ އޮފީސް ޖާގައެއް ހިންގާ ފަރާތައް ހަމަޖައްސައިދިނުން

މިނިސްޓްރީން ބުނީ އޮޅުހިޔާ ހިންގުމަށް އެދޭ ފަރާތު އެޑްވާންސް ފައިސާ ހޯދުމަށް ހުސަހަޅައިފިނަމަ މާލިއްޔަތު ގަވާއިދާ އުސޫލުތަކުގެ މަތިން ފައިސާ ދޫކުރެވޭނޭ ކަމަށެވެ. އެގޮތުން ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250،000 ރުފިޔާއަށްވުރެ ބޮޑު ނުވާ ގޮތަށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދު މަގުތައް މަތީގައި ބުޅާގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އޮޅުހިޔާ ހުޅޫވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ދެވަނަ ދުވަހުއެވެ. އެތަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އޮޅުހިޔާ  ގާއިމްކޮށްފައިވަނީ 5،000 އަކަފޫޓުގެ ބިމެއްގައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.